ޗައިނާގެ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.
އެދެކަނބަލުންނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. ޗައިނާގެ ރައީސްގެ ދެކަނބަލުންނަށް ރާއްޖެއިން ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެކެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރއެއްވެސް ވަނީ އަރުވާފައެވެ. އެމަނިކުފާނު ވީއައިޕީ ލައުންޖުން ނުކުމެ ވަޑައިގެންނެވުމުން ސްކޫލް ކުދިންވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. އެމަނިކުފާނަށް މަރުހަ ކިޔުމުގެ ގޮތުން ބޮޑުބެރު ހަރަކާތްތަކެއްވެސްވަނީ ވަނީ ހުށަހަޅާފައެވެ.
މިދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުން ތިއްބަވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. ނަމަވެސް އެމަނިކުފާނުގެ ހުރިހާ ބައްދަލުުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑިވްސް ގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޗައިނާގެ ރައީސާއި އެމަނިކުފާނުގެ ވަފުދު މާލެ ވަޑައިގަންނަވާނީ މާދަމާ ހެނދުނު 10.00 ގައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން ވަނީ ވަރަށް ބޮޑަށް ތައްޔާރު ކޮށްފައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެކު ބާއްވާ ރަސްމީ ބައްދަލުވުން މާދަމާ އޮންނާއެވެ. ދެ ޤައުމުގެ އެންމެ މަތީ ފެންވަރުގެ ވަފްދުތަކުގެ މެދުގައި ރަސްމީ ވާހަކަތައްވެސް މާދަމާ އޮންނާނެއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި، ރާއްޖޭގައި ހިންގާ ތަރައްޤީގެ ދެ މަޝްރޫޢެއް އިފްތިތާޙް ކުރެއްވުމާއި، ދެޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް މިދަތުރުފުޅުގައި ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް ހުޅުލެއާއި މާލެއާ ދެމެދުގައި ބްރިޖު އެޅުމާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ރަންވޭ އެޅުމުގެ މަޝްރޫވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިދަތުރުފުޅަކީ ޗައިނާގެ ރައީސަކު ދިވެހި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު