މަހުގެ އުފެއްދުންތައް ރަޝިއާއަށް އެކްޕޯޓުކުރުމަށް މަޝްވަރާކޮށްފި
ދިވެހި ރާއްޖޭގެ ކުންފުނި ތަކުން އުފައްދާ މަހުގެ ބާވަތްތައް ރަޝިޔާއަށް އެކްސްޕޯޓް ކުރުމާއި ބެހޭގޮތުން މިނިސްޓްރީއޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުހައްމަދު ޝައިނީ އާއި ލަންކާގައިހުންނަވާ ރަޝިޔާގެ އެމްބެސެޑަރ ހިޒް އެކްސެލަންސީ އެލެކްޒެޑަރ އޭ ކަރްޗާވާއި ބައްދަލުކުރައްވައި މަޝްވަރައްބައިފި ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ ބައްދަލުވުމުގައި ވަނީ ޔޫރަޕުން ރާއްޖެއަށް ޑިއުޓީ މައާފު ކުރުން ހުއްޓާލުމާއި ގުޅިގެން ރާއްޖޭގެ ކުންފުނި ތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވާކަން ޝައިނީ ފާހަގަކުރައްވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ދިވެހި ރާއްޖޭގެ ކުންފުނިތަކުން ރަޝިޔާއަށް ދިވެހި މަސްވެރި ކަމުގެ އުފެއްދުންތަށް އެކްސްޕޯޓް ކުރަން ބޭނުން ވާކަމަސް މިނިސްޓަރ ވިދާޅުވިކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.
މިގޮތުން ވީހާވެސް އަވަހަށް ރަޝިޔާގެ ފެޑެރަލް އެޖެންސީ އޮފް ފިޝަރީޒްގެ ވަފުދެއް ދިވެހި ރާއްޖެއަށް އައިސް ރާއްޖޭގެކުންފުނިތަށް އޮޑިޓްކޮށް ދިނުމަށް މިނިސްޓްރީން އެދިފައިވާކަމަށް ވެސްބަޔާނުގައިވެއެވެ. އަދި ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުމަށް މަގުފަހިކޮށްދިނުމަށް ވެސް އެދިވަޑައިގަންފައިވެއެވެ.
ރަޝިޔާގެ އެމްބެސެޑަރ ގެ ވާހަކަ ފުޅުގައި ރަޝިޔާއަށް ރާއްޖެއިން އެކްސްޕޯޓް ކުރުމަށް މަސަތްކަތް ކުރާ ވަގުތަކީ ވަަރަށް މުނާސަބުވަގުތެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ރަޝިޔާގެ މައިސަރުކާރާ ގުޅިގެން އަމިއްލަ ފަރުދީ ގޮތުންވެސް ވެދެންވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން ދެއްވައިފައިވެއެވެ.
މި ބައްދަލު ވުމުގައި ދިވެހިރާއްޖޭގެ ފަރާތުންގިނަ އަދަދެއްގެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށްފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު