ބެލެނިވެރިން ނުކުމެ ލ.އަތޮޅު މަދުރަސާ ބަންދު ކޮށްފި
އިސްލާމް މާއްދާ ކިވައިދޭނެ ޓީޗަރެއް ނެތުމުގެ ސަބަބުން ހައްދުން މަތީ މައިބައިދޫ އަންހެން ބެލެނިވެރިން ނުކުމެ އެ ރަށުގައި ހުންނަ ލ. އަތޮޅު މަދަރުސާ މިއަދު ބަންދު ކޮށްފިއެވެ.
ގިނަ އަދަދެއްގެ އަންހެން ބެލެނިވެރިން ނުކުމެ ސުކޫލް ބަންދުކޮށްފައިވަނީ މިއަދު މެންދުރު ފަހު 50 .2 އެހައިކަންހާއިރުއެވެ.
ސްކޫލް ބަންދު ކުރުމަށްފަހު އެމީހުން ވަނީ އެކަމާ ބެހޭގޮތުން އެމީހުންގެ ޝުޢޫރު ފާޅުކޮށްފައެވެ. އެކަމުގެ ބައިވެރިޔަކު ބުނީ ސުކޫލް ބަންދު ކުރަން ޖެހުނީ ސުކޫލްގައި ހުރި ހަމައެކަނި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރ ލ. ގަމު ސުކޫލަށް ބަދަލު ކުރުމުން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.
"މި ސްކޫލްގައި ހުރި ހަމައެކި އިސްލާމް ޓީޗަރ އެހެން ސުކޫލަކަށް ބަދަލުކުރުމުން މި ސުކޫލްގެ ކުދިންނަން ކިޔަވައިދޭނެ އިސްލާމް ޓީޗަރެއް ނެތް" ސްކޫލް ބަންދު ކުރުމާ ބެހޭ ގޮތުން ބެލެނިވެރިއަކު ބުންޏެވެ.
މައިބައިދޫ ސުކޫލް ހިންގުމާ ހަވާލުވެ ހުންނެވި ޝަރީފާ ޢަބްﷲ ވިދާޅުވީ ޓީޗަރު ބަދަލު ކުރުމުން ސުކޫލްގެ ޕީޓީއޭއިން ކަންބޮޑުވުންފާޅުކޮށް މައިބައިދޫ ކައުންސިލާ ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ސްކޫލުގައިހުރި ހަމަ އެކަނި އިސްލާމް މާއްދާ ކިޔަވައިދެއްވާ ޓީޗަރ ބަދަލުކުރުމުން އެ މާއްދާ ކިޔަވައިދެއްވާނެ ޓީޗަރަކުނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް މިއަހަރު ކިޔެވުން ފެށުނުއިރުން ފެށިގެން އެ ސުކޫލްގައި ސެކަންޑަރީއަށް ދިވެއްސާއިމ ޤުރުއާން ކިޔަވައިދޭނެ ޓީޗަރުންވެސް ނެތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު