ގަަމުން އިސްދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހައްދުންމަތީ ގަމުން އިސްދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ މީހެއްކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ލ އަތޮޅުގައި ދަތުރުކުރާ ފެރީއެއްގެ ތެރެއިން މިދިޔަ ބުދަ ދުވަހު ކަމަށެވެ. ހައްޔަރުކުރި މީހާގެ ހަށިގަނޑުން މަސްތުވާތަކެތި އަޅައިފައިހުރި 13 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ގަމު މުކުރިމަގު ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު