މޮންޓްރިއަލް ޕްރޮޓަކޯލްގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ރާއްޖެވަނީ ކާމިޔާބުތަކެއް ހޯދައިފައި
މޮންޓްރިއަލް ޕްރޮޓަކޯލްގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީ ތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކުރެވޭ ކާމިޔާބީ ތަކެއް ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕާރމަނަންޓް ސެކަޓްރީ އަޖްވަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ހައިޑްރޯކްލޯރޯފްލޯރޯ ކާރބަންސް (އެޗް.ސީ.އެފް.ސީ) ބޭނުންކުރުން ހުއްޓައިލުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން އެޗް.ސީ.އެފް.ސީ. ހިމެނޭ އިކުއިޕްމަންޓް ރާއްޖެއަށް އިމްޕޯރޓް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އެމިނިސްޓްރީން މިއަދު ބޭއްވި މަސައްކަތު ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެޗް.ސީ.އެފް.ސީ. ފޭޒްއައުޓް މެނޭޖްމަންޓް ޕްލޭނަކީ ދުނިޔެއަށް ނަމޫނާއަކަށް ހެދުމަށް މަސަކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިނިސްޓްރީ އޮފް އެންޑްވަޔަރަންމަންޓް އެންޑް އެނާރޖީގައި މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގައި އެޗް.ސީ.އެފް.ސީ. ފޭޒްއައުޓް މެނޭޖްމަންޓް ޕްލޭންގެ މަސައްކަތްތަށް ކުރިޔަށް ދާގޮތާއި އަދި މަޝްރޫޢުގައި ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދެއްވާފައެވެ.
މީގެ އިތުރުން މިހާރު ބޭނުންކުރެވޭ ތިމާވެއްޓާ ބީރަށްޓެހި ޓެކްނޮލޮޖީ ތަކުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ތިމާވެއްޓާއި ޓެކްނޮލަޖީތަކައި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު