ކުޑަ އަންހެންކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލުހިންގި މީހަކު ހައްޔަރުކޮށްފި

image

އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ހއ. ބާރަށުން 62 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުނމިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:58 ހާއިރުކަމަށެވެ. ހައްޔަރު ކުރިނ މީހާ ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

އެ މައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި ބާރަށު ޕޮލިސް ސްޓޭޝަންގެ އިތުރުން ހއ. އަތޮޅު ޖެންޑަރ އެންޑް ފެމިލީ ގުޅިގެން ދަނީ ތަހުޤީޤް ކުރަމުންކަމަށް ވެސް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް