މަޤުސަދަކީ އެސްއީޒެޑް ބިލުން ދިވެހިންނަށް މަންފާކުރުން: އެމްޑީޕީ

image މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

އެމްޑީޕީގެ މަޤުސަދަކީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލުން ދިވެހިންނަށް މަންފާ ކުރާނެ ބިލަކަށް ހެދުންކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

އިއްޔެ މާލޭ ސިޓީ ހޯލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީން ބުނީ އެ ޕާޓީން އެސްއީޒެޑް ބިލާއި ދެކޮޅު ނުހަދާކަމަށެވެ. އެހެން ނަމަވެސް އެ ބިލުގެ ސަބަބުން ދިވެހިންގެ ހައްގުތައް އުނިވިޔަ ނުދިނުމަށް މަސައްކަތްކުރާނެކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެމްޑީޕީން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ހަތަރު އިސްލާހެއް ކަމަށެވެ. އެގޮތުން ބިން ކުއްޔަށް ދެވޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތު 99 އަހަރުން 66 އަހަރަށް ބަދަލުކުރަން ހިމެނޭކަމަށެވެ. އިންވެސްޓްމަންޓްގެ 75 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހެދުން ވެސް ހިމެނޭކަމަށެވެ. އިދާރީ ދާއިރާއެއްގެ އިޚްތިސޯސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް، އިގްތިސާދީ ހާއްސަ ސަރަހައްދަކަށް ބަދަލުކުރާ ނަމަ އެ އިދާރީ ދާއިރާގެ ކައުންސިލްގެ ލަފާ ހޯދައި ގޮތެއް ނިންމުމަށް ވެސް އެމްޑީޕީން ބޭނުންވާކަމަށެވެ.

އެސްއީޒެޑްގެ ކަންކަން ހިންގާ ބޯޑުގައި މަޖިލީހުގެ ދައުރު ފުޅާކުރުމަށް ދެ ގޮތަކަށް އެމްޑީޕީން ހުށަހަޅާފައިވެއެވެ. އެކަން ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވަނީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ މަޖިލީހުގައި ހިމެނޭ ކޮންމެ ސިޔާސީ ޕާޓީއަކުން މެންބަރަކު ބޯޑުގައި ހިމެނުމެވެ. ދެވަނަ ގޮތަކީ މަޖިލީހުން ކަނޑައަޅާ މެންބަރަކީ ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ މެންބަރަކަށް ނުވުމެވެ.

ވިޔަފާރީގެ ސަރަހައްދުތަކުގައި އިސްލާމް ދީނާ ހިލާފު ކުޅިވަރުތައް ކުޅުން ހުއްޓުވުމަށް އެމްޑީޕީން ހުށަަހަޅާފައިވެއެވެ. އަދި އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ މީހުން ޖަމާއަތުގެ ގޮތުގައި އަޅުކަންކުރުމާއި އެފަދަ ތަންތަން ހެދުން މަނާކުރުމަށް ވެސް އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ. އެސްއީޒެޑް ބިލަށް އެމްޑީޕީން ވަނީ 300 އަށްވުރެ ގިނަ އަިސްލާހު ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް