އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

މާލެގައި ހުންނަ ގައުމީ ފުޓުބޯޅަ ދަނޑު ކައިރިން ހިނގައިފައި ދިޔަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ބަންގުލަދޭޝް ރައްޔިތެއް ހައްޔަރުކޮށްފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރު ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު