ކަނޑު ދަތުރުފަތުރު ކުރާ ފާރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފި
ކަނޑު ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުމަށް މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކުރައްވައިފިއެ. .
ސިފައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ކަނޑު ގަދަވެ، ވިއްސާރަ ދުވަސްވަރެއް ކަމަށެވެ. ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަ ކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ސިފައިންނަށް މައުލޫމާތު ދީފައިވާކަމަށެވެ. މިހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
"ރޭގަނޑު ދަތުރު ކުރައްވާ ނަމަ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމާއި ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމަށް ދަންނަވަން،" ސިފައިން ނެރެފައިވާ ބަޔާނުގައި ވެއެވެ.
ހުރިހައި އަޅަނދެއްގައިވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ސިފައިން އިލްތިމާސްކުރެއްވިއެވެެ. އަދި މުއާސަލާތީ އާލާތްތައް ރަނގަޅުތޯ ޗެކްކުރުމާއި އަދި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
"މީގެ އިތުރުން ފަޅުތެރޭގަޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ޙާދިސާ ތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަން،" ސިފައިންގެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު