ރިޟްވާން ގެއްލުނު މައްސަލައިގަ ގަރާރު ހުށަހެޅުއްވުމުން އިމްތިޔާޒަށް މަރުގެ އިންޒާރު ދީފި
ރިޟްވާން ގެއްލުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް މަރުގެ އިންޒާރު އައިސްފައިވާކަމަށް މިއަދު އޭނާ ވިދާޅުވެއްޖެއެވެ.
އިންތިއަށް މަރުގެ އިންޒާރު ދީފައިވަނީ އިއްޔެގެ ވަގުތެއްގައި ގޮތްނޭގެ ނަންބަރަކުންނެވެ.
ރިޟްވާނު ހޯދުން އަވަސްކުރުމަށް ގޮވާލައި މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ޒުވާނުންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމުގެ މައޫލުމާތު މީގެ ކުރިން ވެސް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އޭނާވިދާޅުވިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިއާ ގެއްލުނު މައްސަލައިގައި އެމްޑީޕީންފަރާތުން އިމްތިޔާޒް އިއްޔެ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ.
އެ ގަރާރުގައި ވިދާޅުވެފައި ވަނީ "ރިޟްވާން ގެއްލިގެން ރިޕޯޓްކުރެވުނު ފަހުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތާއި ތަހްގީގު ކުރިއަށްދާ މިންވަރުގެ މައުލޫމާތު ވެސް ސީއަރިއަސް ސިފައެއްގައި ސަރުކާރުން ރައްޔިތުންނާ ހިއްސާ ކުރައްވާތަން ނުފެންނަ،" ކަމަށެވެ.
މި މައްސަލައިގެ ކަންބޮޑުވުން ވެސް ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެބައޮތް ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ. އަދި ވަކިން ހާއްސަކޮން މިކަމުގެ ސަބަބުން މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަމުންދާ ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކަށް ނުތަވަސްކަން ވެރިވެފައިވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"މިނިވަން ނޫހުގެ ރިޕޯޓަރު ރިޟްވާން ހޯދުމުގެ މަސައްކަތަށް ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރެއްވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،"
މި ގަރާރު މަޖިލީހަށް ބަލައިގެންފައި ވަނީ 51 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އެ ގަރާރު ބަލައިގަތުމާ ދެކޮޅަށް ވޯޓް ދެއްވާފައި ވަނީ އެންމެންބަރެކެވެ.
ކިޔުންތެރިންގެ ހިޔާލު