ނިޒާމީ މައްސަލައިގެ އޮއިވަރެއްގައި ޖެހި މަޖިލިސް މެދުކަނޑައިލައިފި
ނިޒާމީ މައްސަލައިގެ އޮއިވަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާޖެހި މަޖިލީހުުގެ ނިޒާމުގެއްލުމުން މަޖިލީހުގެ ޖަލްސާ މެދުކަނޑައިލައްވައިފިއެވެ.
މިއަދުގެ ޖަލްސާ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވަން ފެއްްޓަވައިފައެވެ. އެ މެމްބަރުން ވިދާޅުވަމުން ގެންދެވީ އިދިކޮޅު މެންބަރުންގެ އަޑު ކެނޑޭގޮތަށް މަޖިލީހުގެ ގަވާއިދަށް ކުއްލި އިސްލާހެއް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހުށަހަޅުއްވާފައިވާކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ރައީސް އެއްފަރާތަށް ޖެހިވަޑައިގެން ވަކިގޮތަކަށް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަވާކަމަށެވެ.
މަޖިލީހުގެ ތަޅުން ހޫނުގެ ނިޒާމު ގެއްލިގެން މިއަދުގެ ޖަލްސާ ހުއްޓައިލީ 9:25 ހައިއިރުއެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުން ހުށަހަޅާފައިވާ ގަރާރުތައް އެޖެންޑާ ނުކުރެވި ލަސްވާތީ ވެސް މިދުގެ ޖަލްސާގައި ބައެއް މެންބަރުން ނުރުހުންފާޅުކޮށް ނިޒާމީ މައްސަލަ ނަންގަވާފައިވެއެވެ.
މަޖިލީހުގެ ރައީސް ޖަލްސާ މެދުކަނޑާލެއްވިއިރު އަލުން ޖަލްސާ ފަށާނެ ވަގުތެއް ވިދާޅެއްނުވެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މަޖިލީހުގެ ރައީސް ވަނީ ގަވާއިދަށް ކުއްލި އިސްލާހެއް ގެނައުމަށް މަޖިލީހުގެ އާއްމު ކޮމެޓީ އަށް ސިޓީއެއް ފޮނުއްވައިފައެވެ.
އެމްޑީޕީ އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ މަޖިލީގެ ގަވައިދަށް މަލީހު ގެންނެވުމަށް މަސައްކަތް ކުރައްވާ އިސްލާހާއިމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"އެ އިސްލާހު ފާސްވެއްޖެ ނަމަ މަޖިލީހުގައި މައިނޯރިޓީގެ އަޑު އެއްކޮށް ކެނޑިގެންދާ ގޮތް މިވަނީ. ހަމައެއާ އެކުގައި މަޖިލީހަށް ހުށަހަޅާ ގަރާރުތައް ވެސް އަނެއްކާ އަނބުރާ ކުއްލި މައްސަލަތަކަށް ވާގޮތަށް މިވަނީ. އެއީ މަޖިލީހުގެ ވޯޓެއް ނަގައިގެން ނޫނިއްޔާ ބަހުސެއް ކުރެވޭނެ ގޮތެއް ނެތް،" އިންތި ނިއުސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު