އިގްތިސާދީ ކޮމެޓީގެ ބައްދަލުވުންތައް ހަފްތާއަކު ހަ ދުވަހު ކުރިއަށްގެންދާން ފާސްކޮށްފި
އިގްތިސާދީ ކޮމެޓީގެ ބައްދަލުވުންތައް ހުކުރު ދުވަހު ފިޔަވައި އެހެން ހުރިހާ ދުވަހަކު ބޭއްވުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެ ކޮމެޓީގައި މެޖޯރިޓީ އޮންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސް (ޕީޕީއެމްގެ) މެމްބަރުން ނާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވިސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ މެމްބަރުން ވޯޓުލައްވައިގެންނެވެ. ކޮމެޓީފައި އަށް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހުށަހަޅުން ފާސްކުރުމަށް ވޯޓުދެއްވީ ކޯލިޝަނުގެ ފަސްމެމްބަރުންނެވެ.
އިގްތިސާދީ ކޮމެޓީން މިއަދު ޕީޕީއެމުން ހުށަހަޅާއި ފާސްކޮށްފައިވާ ނިންމުމުގެ މަގުސަދަކީ ސުޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސް ކުރުންކަމަށް އެ ޕާޓީން ބުނެއެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން މުހައްމަދު އަމީތެވެ. ތާއީދު ކުރެއްވީ ހުސައިން މަނިކު ދޮންމަނިކެވެ.
ކޮމެޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައި ނުވެއެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު އެ ކޮމެޓީގައި ބައިވެރިވެ ވަޑައިގަތް ނަމަވެސް ވަކި ކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެސްއީޒެޑް ބިލުގެ މަސައްކަތް އިގްތިސާދީ ކޮމެޓީގައި ކުރިއަށް ދަނިކޮށް، އެމްޑީޕީއާއި، ޖޭޕީ އިން ވަނީ އެ ކޮމެޓީ ބޮއިކޮޓްކޮށްފައިއެވެ.
ނަމަވެސް އިއްޔެ އެ ބިލުގެ ކަންކަމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޕީޕީއެމުން ވަނީ ހާކޮށްފައެވެ. ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެންމަނިކު ވިދާޅުވީ ޕީޕީއެމުގެ ސިޔާސަތަކީ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް އޮތް ނަމަވެސް އިދިކޮޅު ޕާޓީތަކުގެ މަޝްވަރާއާއިއެކު ބިލުގެ ކަންކަން ކުރިއަށް ގެންދިންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު