ނޫސްވެރިއާ ގެއްލުނު މައްސަލަ އދ ގެ ސަމާލުކަމަށް ގެނެސްފި

image މިނިވަން" ނޫހުގެ ނޫސްވެރިއާ އަހުމަދު ރިޟްވާން އަބްދުﷲ، ފޮޓޯ - ޓްވިޓަރ

"މިނިވަން" ނޫހުގެ ނޫސްވެރިއާ އަހުމަދު ރިޟްވާން އަބްދުﷲ، 28 ގެއްލުނު މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވިސް (އެޗްއާރްސީއެމް) އިން އދގެ ސަމާލުކަމަށް ގެނެސްފިއެވެ.

އެޗްއާރުސީއެމުން އިއްޔެ ނެރެފައިވާބަޔާނެއްގައި ބުނެފައި ވަނީ "މިނިވަން" ނޫހުގެ ނޫސްވެރިއާ ގެއްލިގެން އުޅޭ މައްސަލައަކީ އެކޮމިޝަނުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަަމަށެވެ. ބަޔާނުގައި ބުނެފައިވަނީ ރިޟްވާންގެ ގެއްލުނު މައްސަލާގައި ސަރުކާރުން އަމަލު ކުރާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ރިޟްވާނަށްށް އެކި ފަހަރު މަތިން މަރުގެ އިންޒާރުތައްދީ ބިރުދައްކަމުން ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ވެސް އެކޮމިޝަނަށް ލިބިފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ. ނޫސްވެރިންނަށް އިންޒާރު ދިނުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަ ކުރަށްވާފއިވެއެވެ.

"ދުވަސް" ނޫހަށް މައުލޫމާތް ދެމުން ރިޟްވާންގެ އައިލާއިން ބުނީ ރިޟްވާން ހޯދާ ނުފެނުމުން މިހާރު އެކަންވާނީ ފުލުހުންނަން ރިޕޯޓްކޮށްފައިވާކަމަށްށެވެ.

މިނިވަން ނޫހުން ބުނެފައި ވަނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މަސައްކަތް ނިންމުމަށްފަހު މާލޭގައި އޭނާގެ ރަޙްމަތްތެރިންނާއި، ޢާއިލާގެ ބައެއް މީހުންނާއެކު އުޅުމަށްފަހު، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ދަނިކޮށް ކަމަށެވެ. އެންމެ ފަހުން އޭނާ ފެނުނުއިރު ލައިގެން ހުރީ ކަޅު ފަޓުލޫނަކާއި، ނޫފެހި ކުލައިގެ ޓީޝާޓެއްކަމުގައި ވެސް އެ ނޫހުގައި ވެއެވެ.

ސޯޝަލް މީޑިއާގައި "މޮޔަ މީހާގެ" ނަމުން މަޝްހޫރު ރިޟްވާން ގެއްލުނުފަހުން އޭނާގެ އެކައުންޓު ތަކުގައިވެސް ގެއްލުނު ދުވަހުން ފެށިގެން އެއްވެސް ހަރާކާތެއް ހިންގާފައެއްނުވެއެވެ.

ރިޟްވާނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިންވާނަމަ ލަސްނުކުރައްވާ ފުލުހުންނަށް ނުވަތަ އޭނާގެ އާއިލާއަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އޭނާގެ އާއިލާއިން އެދެއެވެ. އޭނާގެ އާއިލާއަށް ގުޅޭނެ ނަންބަރުތަކަކީ 9773250 އަދި 7754566 ކެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް