އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭގެ ކޮންމެ ރަށެއްގައި އާސަންދަ ލިބޭ ބޭސް ފިހާރަ ހުޅުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެސްޓިއޯގެ ބޭސް ފިހާރައެއް މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވި ރަސްމިޔާތްގައި ބޭސް ފިހާރ ހުޅުވާދެއްވީީ އެސްޓިއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޒައިދު އެވެ.
މިރަސްމިޔާތްގައި ހުޅުމާލޭ ހޮސްޕިޓަލްގެ އިސްވެރިންނާއި، އެސްޓިއޯގެ މުވަންޒިފުންނާއި އެޗްޑީސީގެ ބައެއްމެންބަރުން ބައިވެރިވެފައިވެއެވެ.
އެސްޓިއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް މި ރަސްމިޔާތްގައި ވާހަަކަދައްކަމުން ވިދާޅުވީ އެސްޓިއޯ ހުޅުމަލޭ ބޭސްފިހާރައިން ރާއްޖޭގެ އެހެން އެސްޓިއޯގެ ބޭސްފިހާރަތަށްް ފަދައިން ސައުވިސް ގަޑީރު އާސަންދައިގެ ހިދުމަތް ލިބޭ ބޭސްފިހާރައެއް ކަމަށްށެވެ. 2015 އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސްފިހާރަ ގާއިމް ކުރެވިގެންދާނެ ކަމަށެވެސް އާޒިމް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މިއަދު ހުޅުވި ބޭސް ފިހާރައަކީ ވަގުތީ ބޭސް ފިހާރައެއް ކަމަށެވެ. އެރަށުގައި ދާއިމީ ބޭސްފިހާރައެއް އެޅުމަށް އެސްޓީއޯއިން ނިންމާފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތްކުރާ ދާއިމީ ބޭސްފިހާރަ ވެގެންދާނީ، ހުޅުމާލޭގެ މުސްތަގުބަލަށް މުހިންމު ތަނެއްކަމަށެވެ.
"އަޅުގަނޑުމެން އަލަށް އިމާރާތްކުރާ ބޭސްފިހާރަށް ދޮޅު މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ. އެސްޓީއޯގެ އުންމީދަކީ އައު ބޭސްފިހާރަ ހުޅުވި އެއިން އަވަހަށް ހިދުމަތްތައް ދޭން ފެށުން. މިހެން ކަމުން އަވަސް މުއަދަތެއްގެތެރޭގައި ބޭސްފިހާރަ އަޅައި ނިންމާލެވޭނެ،" އާޒިމް ވިދާޅުވިއެވެ.
މިރަސްމިޔާތްގަ ވާކަހަފުޅުދައްކަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޒައިދު ވިދާޅުވީ ހުޅުމާލެގައި މިއަދު ހުޅުވި ބެސްފިހާރައިގެ ސަބަބުން ހުޅުމާލޭގެ ރައްޔަތުންނަން ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށްށެވެ.
"އަލަށް ހުޅުވުނު ބޭސްފިހާރައިން ހުޅުމާލޭ ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ. މީގެ ކުރިން ބޭސް ގަތުމަށް ހުޅުމާލެއިން މާލެއަށް ކުރަމުން ދިޔަ ދަތުރުތައް މަދުވެގެން ދާނެ،" ޒައިދު ވިދާޅުވިއެވެ.
މި ރަސްމިޔާތައްފަހު އެސްޓިއޯގެ ހުޅުމާލޭ ރަސްމީ ބޭސްފިހާރާގެ ބިންގާ އަޅުންވައިދިނީ ވެސް ޒައިދުއާއި، އާޒިމެވެ.
ކިޔުންތެރިންގެ ހިޔާލު