ރައީސްގެ ދެކަނބަލުންނަށް ހަނދާނީ ޓީޝާޓު ޙަވާލު ކުރައްވައިފި

image ރައީސް ޢަބްދުﷲ ޔާމީން- ފޮޓޯ ސީއެންއެމް

"ހެލްޕް ޣައްޒާ ޓެލެތޯން" ގައި ރައީސް ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި އެސްޓީއޯއިން ބައްލަވައިގެންފައިވާ ޓީޝާޓް އެމަނިކުފާނާ މިރޭ ހަވާލު ކުރައްވައިފިއެވެ.

މުލީއާގޭގައި ބޭއްވި ރަސްމިއްޔާތުގައި މި ޓީޝާޓް ރައީސް ޔާމީނާ ޙަވާލު ކުރެއްވީ އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ އާދަމް ޢާޒިމެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ނަންފުޅުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ބައްލަވައިގެންނެވި އެއްލައްކަ ރުފިޔާގެ ޓީޝާޓް އެކަމަނާއާ ހަވާލު ކޮށްދެއްވީ އެކުންފުނީގެ ޑިރެކްޓަރ ސޭލް އަޙުމަދު ޝަރީފެވެ.

ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދުގެ ދެކަނބަލުން ވެސް ވަނީ ޣައްޒާ ޓެލެތޯނުން ވިއްކި އެއްލައްކަ ރުފިޔާގެ ޓީޝާޓެއް ބައްލަވައިގެންފައެވެ.

ރައީސް ޔާމީނާއި، ނާއީބް ރައީސް ޖަމީލް ވަނީ އެބޭފުޅުންގެ އެއްމަހުގެ މުސާރަ ޣައްޒާއަށް ހަދިޔާ ކުރެއްވުމަށް ނިންމަވާފައެވެ. ރައީސްގެ މުސާރައަކީ އެއްލައްކަ ރުފިޔާއެވެ. ނާއިބް ރައީސް ވިދާޅުވީ އެމަނިކުފާނުގެ މުސާރަ މިހާރުވާނީ ޣައްޒާ ރައްޔިތުންނަށް ހަދިޔާ ކޮށްދެއްވުމަށް ޣައްޒާ ފަންޑާ ހަވާލު ކުރައްވާފައި ކަމަށެވެ. އެމަނިކުފާނުގެ މުސާރައަކީ ފަންސަހަތްތަރި ހާސް (75000) ރުފިޔާއެވެ.

ރައީސް ޔާމީންގެ ދެކަނބަލުންނާ ޓީޝާޓް ހަވާލު ކުރައްވަން ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނާއި، ދިވެހި ދައުލަތުން ފަލަސްތީނާއެކު އޮތް ގާތްކަން ދާއިމީކޮށް ފެންނަވަރުގެ ރަމްޒީ ކަމެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ކުރަމުންދާ ކަންކަމަކީ އާންމުން އިސްނަގައިގެން ކުރަމުންދާ ކަންކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރައްވާކަމެއް ވެގެންދާނީ ފަލަސްތީނުން ޔަތީމް ވެގެންދާ ކުޑަކުދިންނަށް ކޮށްދެވޭ ކަމެއް ކަމަށެވެ. "މީގެ ތަފްސީލުތައް އަޅުގަނޑު ކުރިއަށް އޮތް ދެ ދުވަހެއް، ތިން ދުވަހެއް ތެރޭގައި ސަރުކާރުގެ ފަރާތުން އިޢުލާން ކުރަމުން ގެންދާނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.

ޣައްޒާ އަށް އެހީވުމަށް ސަރުކާރުގެ މުއައްސަސާތަކުން ގެންދަނީ އެކިތަންތަނުން އެކިމިންވަރަށް އެހީވަމުންނެވެ. އެގޮތުން ދިވެހި ސިފައިން މިރޭވަނީ އެއްމިލިއަން ރުފިޔާ ޣައްޒާ ފަންޑަށް ހަދިޔާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement