ރައީސް ޔާމީނާއި، ނާއިބު ރައީސް ޑރ. ޖަމީލްގެ އެއްމަހުގެ މުސާރަ ޣައްޒާއަށް

image ރައީސް ޔާމީން

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ އެއްމަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރައްވަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން މީޑިއާގައިވާ ވާހަކަ ދައްކަވަމުން މުޢާޒު ވިދާޅުވީ ރައީސް ކަމަށް ވަޑައިގެންނެވިފަހުންވެސް ރައީސް ޔާމީން ފުލް މުސާރައެއް ނުނަންގަވާ ކަމަށެވެ. އޭގެ ބަދަލުގައި ނަންގަވަމުން ގެންދަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

އެމަނިކުފާނުގެ މުސާރައަކީ އެއްލައްކަ ރުފިޔާއެވެ. ނަމަވެސް އެމަނިކުފާނުގެ ފުލް މުސާރަ ޣައްޒާއަށް ހަދިޔާ ކުރައްވާ ގޮތަށް ރައީސް ނިންމަވާފައިވާ ކަމަށް މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ ރައީސް ޔާމީންގެ އަނބި ކަނބަލުން ފާތިމަތު އިބްރާހީމްވެސް ޚާއްސަ އެހީއެއް ދެއްވާ ގޮތަށް ނިންމަވާފައިވާ ކަމަށެވެ. އެއީ އެކަމަނާ އަމިލަފުޅު ހައިސިއްޔަތުން ދެއްވާ އެހީއެކެވެ، ނަމަވެސް އެއީ ކިހާވަރެއްގެ އެހީއެއް ކަމެއް މުޢާޒް ހާމައެއް ނުކުރައްވައެވެ. ކެބިނެޓް މިނިސްޓަރުންވެސް ވަރަށް ޚާއްސަ އެހީއެއް ޣައްޒާ ފަންޑަށް ދެއްވަން ނިންމަވާފައިވާ ކަމަށް މުޢާޒް ވިދާޅުވިއެވެ. 

ނާއިބު ރައީސް ޑރ، މުޙައްމަދު ޖަމީލް އަޙުމަދުވެސް ވަނީ އެމަނިކުފާނުގެ އެއްމަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް