އިސްލާމް ދީނަކީ އުހުއްވަތްތެރިކަމުގެ ދީނެއް: ހުކުރު ހުތުބާ

image އިލާމިކް މިނިސްޓަރ ޑރ. މުހައްދު ޝަހީމް އަލީ ސައީދު ހުކުރު ހުތުބާ ދެއްވަނީ: ފައިލް - ފޮޓޯ

މިއަދުގެ ހުކުރު ހުތުބާ އަމާޒު ކޮށްފައިވަނީ މުޖުތަމުގައި އެއްބައިވަންތައް އައުލާ ކުރުމުގެ މައްޗަށެވެ.

މާލެއާއި ރާއްޖޭގެ މިސްކިތްތަކުގައި އިއްވެ ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމު ދީނަކީ އުވަތްތެރިކަމާއި، އޯގާތެރިކަމާ، ރަހުމާއި، ހަމްދަރުދީގެ ދީން ކަމަށެވެ. މި ރިވެތި އުސޫލުތަކަށް އިސްލާމު ދީނުގައި އަހައްމިއްޔަތުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް އޮވެގެން ކަމަށެވެ. 

"މިގޮތުން ބަލާއިރު އިސްލާމީ މުޖުތަމައު ބިނާކުރުމުގައި އުހުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު. މުޖުތަމައުގެ އަފުރާދުންނަކީ އެކެއް އަނެކަކަށް އަނިޔާވެރިވެ، އަރައިރުންވާ ބަޔަކުކަމުގައި ވަނީނަމަ ނަސްރާއި، ކާމިޔާބީއާއި ހަމައަށް ވާސިލުވުމީ އެމުޖުތަމައުއަކަށް އެކަށީގެންވާކަމެއް.،" އިސްލާމިކް މިނިސްޓްރީން އާންމުކޮށްްފައިވާ ހުކުރު ހުތުބާގައި ބުނެފައިވެއެވެ. 

އެކަންކަން ތާރީހީ ފަތްފުއްތަކުން ފެންނަން އެބަހުރި ކަމުގައި ވެސް ހުތުބާގައި ބުނެފައިވެއެވެ. އިސްލާމީ އުންމަތުގެ ކުރީ ކޮޅުގައި އެމީހުންނަށް ނަސްރަކަށްފަހު ނަސްރެއް ލިބެމުން ދިޔައީ، އެމީހުންގެ ހިތުގައި އޮތް އީމާންތެރިކަމާއި، އެމީހުންގެ މެދުގައި އޮތް އަހުވަންތަކަމެއްގެ ބޮޑުކަމުންކަމަށް ވެސް ބުނެފައިވެއެވެ. އެއަށްފަހު އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ އެކަންތައްތައް މުސްލިމުގެ ކިބައިން ފިލައި ދުމުންކަމަށް ހުތުބާގައި ބުނެފައިވެއެވެ. 

"އެހެންކަމުން ފެންގަނޑުގައި ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުގެ ކުރިމަތީގައި ބާރެއް ނެތް ބައެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ މި ހަމަ މި ދެންނެވި ސަބަބުތަކާހުރެ،" 

މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށް ހުކުރު ހުތުބާގައި ގޮވައިލިއެވެ. ކޮންމެ މުސްލިމެއްވެސް އެމީހެއްގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ދިނުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ. ތިމާގެ ނަފްސަށް އެދޭ ކޮންމެކަމެއް ތިމާގެ އަހާގެ އެދުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް