ޓީއެފްޖީން "އައުޓްރަންސް" ގެ ނަމުގައި ފިޓްނަސް ޕްރޮގުރާމެއް ފަށަނީ

image ޓީއެފްޖީ "ޓްރިޕުލް ވަން ކިލޯމީޓާސް" ޕްރޮގްރާމް ނިންމުމުގެ ހަފުލާގައި އެ ޖިމުގެ ރަނިން އެމްބެސެޑަރ އަހުމަދު ޝަރަފް ވާހަކަ ދައްކަވަނީ: ފޮޓޯ- ޓީއެފްޖީ ދައްވަނނީ

ޓޯޓަލް ފިޓްނަސް ގްރޫޕު (ޓީޢެފްޖީ) އިން "އައުޓްރަންސް" ގެ ނަމުގައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ "ފިޓްނަސް" ޕްރޮގްރާމް ތަކެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

ޓީއެފްޖީން ބުނީ  އެޕްރޮގްރާމު ގައި އައުޓްޑޯއާއި، އިންޑޯ ސެޝަންސްތަށް ވެސް ހިމެނޭނެ ކަމަށެވެ. އާދިއްތަ، އަންގާރަ އަދި ބުރާސްފަތީގައި ބާއްވާނީ އައުޓްޑޯ އެކްޓިވިޓީތަކެއް ކަމަށް އެ ގުރޫޕުން ބުނެއެވެ. އަދި އިންޑޯ ކްލާސްތައް ބާއްވާނީ ހޮނިހިރު ދުވަހު އެކަނި ކަމަށް ޓީއެފްޖީން ހާމަކުރެއެވެ.

"އައުޓްރަންސް" ގައި ބައިވެރިވެގެން އެންމެ މަތީ މާކުހެއް ލިބޭ ފަރާތަކަށް ވަނީ ޓީއެފްޖީ ޖިމުގެ ދެ މަސް ދުވަހުގެ މެމްބަރ ޝިޕް ހިލޭ ދިނުމަށް ނިންމައިފައެވެ. ދެވަނައަށް އެންމެ މަތީ މާކުހެއް ހޯދާ ފަރާތަކަށް ވަނީ އެއް މަސް ދުވަސްހުގެ މެމްބަރަޝިޕް ހިލޭ ދިނުމަށް ނިންމައިފައެވެ. ތިންވަނަ ފަރާތަކަށް އަންނަ އޮކްޓޫބަރު މަހުގައި ބާއްވާ އެ ޖިމުގެ "އައުޓްރަން" ޕްރޮގުރާމުގައި ހިލޭ ބައިވެރިވެވޭނެކަމަށް ޓީފްޖީން ބުނެއެވެ.

"އައުޓްރަންސް" ގައި ބައިވެރިވެވޭނީ 500 ރުފިޔާ ގެ ފީއެއް ދައްކައިގެނެވެ.

ޓީއެފްޖީން ވަނީ މިދިޔަރޯދަމަހަށް ހާއްސަކޮށްގެން "ޓްރިޕުލް ވަން ކިލޯމީޓާސް" ގެ ނަމުގައި އައުޓްޑޯ ރަނިން ޕްރޮގުރާމެއް ހިންގައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް