މުވައްޒަފަކަށް ހަމަލާ ދިނުމަށްފަހު ގަމުގެ ޕެޓްރޯލް ޝެޑުން ފައިސާތަކެއް ފޭރިގަނެފި

image

ހައްދުންމަތީ ގަމު ތުނޑީ އަވަށު ޕެޓްރޯލް ޝެޑްގައި ޑިއުޓީއަށް ހުރި އެ ޝެޑުގެ މުވައްޒަފަކަށް ހަމަލާދީ 26000 އަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފި ނަގައިފިއެވެ.

ގަމު ކައުންސިލް މެމްބަރ އިސްމާއިލް ޒަކީ ވިދާޅުވީ އެހަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެން ތިބި 3 މީހުން ކަމަށެވެ. އެމީހުން ހަމަލާދީފައިވަނީ ޕެޓްރޯލް ޝެޑް ގައި އެވަގުތު ޑިއުޓީގައި ހުރި އިން އުމުރުން 22 އަހަރުގެ ޢަލީ ހަސީބަށެވެ. އޭނާ އަކީ އެ ޝެޑުގައި ޕެޓްރޯލު އެޅުމުގެ މަސައްކަތް ކުރާ މުވައްޒަފެކެވެ. 

ޒަކީ ވިދާޅުވީ މޫނު ނިވާކޮށްގެންތިބި މީހުންގެ އަތުގައި ކަނޑި، ވަޅި ފަދަ ތޫނު ހަތިޔާރުހުރި ކަމަށް ހަސީބު ބުނެފައިވާ ކަމަށެވެ. އެމީހުން ހަސީބަށްދިން ހަމަލާގައި އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ. ނަަމަވެސް އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

މި ހާދިސާ ހިގާފައިވަނީ މިރޭ 9:30 އެހައިކަންހާއިރު ކަމަށް ޕެޓްރޯލް ޝެޑްގައި މަސައްކަތްކުރާ މީހަކު "ދުވަސް" އަށް މައުލުމާތު ދީފައިވެއެވެ. މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އަދި އެނގިފައެއްނެތެވެ.

ހުސްވި ޖުލައިމަހުގެ 28 ވަނަ ދުވަހުން ފެށިގެން މާލެ އާއި އަތޮޅުތަކުގައި ވަނީ މިފަދަ މާރާމާރީ އިތުރުވެފަ އެވެ. ފުލުހުން ގެންދަވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް