މަސްތުވާތަކެއްޗާއެކުމީދޫން ދެ މީހަކު ހައްޔަރުކޮށްފި

image

މަސްތުވާތަކެއްޗާއެކު ދ. މީދޫން ދެމީހަކު ހައްޔަރުކޮށްފި ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ މިދެމީހުން ހައްޔަރުކޮށްފައިވަނީ ދ.މީދޫ ކައުންސިލުން ފުލުހުންނަށް ދިން މަޢުލޫމާތަކާ ގުޅިގެން ކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ފިރެހެނަކާއި 29 ގެ ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިޔާއިން ވަނީ ހާމަކޮށްފައެވެ. އެދެމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިކުރުމުން އެކޮޓަރި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއެކީ އައްޑޫސިޓީ ހިތަދޫއިން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް