ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ

image 15 ،ތ. ވިލުފުށި، ހުވަނދުމާގެ، މަރްޔަމް ނަފްޙާ ނާޞިރު

ގެއްލިގެން ހޯދަމުން ދިޔަ ފަނަރަ އަހަރުގެ މަރްޔަމް ނަފްޙާ ނާޞިރު ފެނިއްޖެ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި އެކުއްޖާ ފެނިފައިވަނީ މިއަދު ހަވީރު 3.30 އެހައިކަންހާއިރު ކަމަށެވެ. އޭނާ ފެނިފައިވަނީ އިސްލާމިކް ބޭންކު ކައިރިންނެވެ. އޭނާ ފެނިފައިވަނީ އޭނާގެ ޢާއިލާގެ މީހަކަށް ކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ. އޭނާ ފެނުނުއިރު ޙާލުވެސް ރަނގަޅު ކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. ނަަމަވެސް އޭނާ ހޯދަމުންދިޔައިރު އުޅުނީ ކޮންތާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މަރްޔަމް ނަފްޙާ ނާޞިރު ވީތަނެއް ނޭނގިގެން ހޯދަން ފަށައިފައިވަނީ ހުސްވި ޖުލައިމަހު 27 ވަނަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައިވަނީ ޖުލައި 30 ވަނަ ދުވަހުގެ ހެނދުނު 10:35 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement