މިއަދު ހެނދުނު މާލޭގައި އަނެއްކާވެސް ދެ ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި
މިއަދު ހެނދުނު މާލޭގައި އަނެއްކާވެސް ދެ ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ހެންވޭރު އަޑިޕާކު ސަރަހައްދުން މިއަދު ހެނދުނު ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހ. ޝައިބާން އަލީ އާރިފް އާއި މ. މިލަދޫ ދިއްގާމާގޭ މުހައްމަދު މާޒިން ކަމަށް މައުލޫމާތު ލިބެއެވެ. ޝައިބާންގެ ހާލު ސީރިއަސްއެވެ.
މި މާރާމާރީގައި އެކަކު ބުރަކަށީގެ ތިން ތަނަކަށް ވަނީ ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އަނެކަކުގެ އަރިކަށްޓަށް ވަޅި ހަރާފައިވާކަމަށް މައުލޫމާތުލިބެއެވެ.
ދެ މީހުންނަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ އެ ސަރަހައްދުގައި ހުންނަ ސިފައިގެން ސެނެހިޔާ ހޮސްޕިޓަލަށެވެ. އެއަށްފަހު މިހާރު އެމީހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިއެވެ.
ފާއިތުވީ ހަފްތާއި މާލޭގައި ތަފާތު ހަތަރު މާރާމާރީއެއް ހިންގާފައިވެއެވެ. އަދި ކ. ތުލުސްދޫގައި މީހެއްގެ މެއަށް ވަޅިން ހަމާދީ އޭނާ ވަނީ މަރާލައިފައިއެވެ.
މާލޭގައި ހިންގާފައިވާ މާރާ މާރީތަކުގައި އަދި މިހާތަނަށް މީހަކު ހައްޔަރެއް ނުކެއެވެ. އެހެން ނަމަވެސް ތުލުސްދޫގައި ހިންގި މާރާމާރީ އާއި ގުޅިގެން އެކަކު އަމިއްލަށްވަނީ ފުލުހުންގެ ބެލުމުގެދަށަށް ގޮސްފައިއެވެ.
ކިޔުންތެރިންގެ ހިޔާލު