މާލޭގައި މިރޭވެސް މާރާ މާރީ ހިންގައި ޒުވާނަކު ޒަަހަމްކޮށްލައިފި
މާލޭ އަޑި ޕާކު ސަރަހައްދުގައި މިރޭ 20:00 ހާއިރު އެއްޗަކުން ހަމަލާދީ 19 އަހަރުގެ ޒުވާނަކު ޒަހަމް ކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
.އޭނާއަށް ފަރުވާދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ސިފައިގެން ހޮސްޕިޓަލު ސެނެހިޔާ އަށް ކަމަށް ފުލުހުން ބުނެއެވެ. އެއަށް ފަހު މިހާރު އޭނާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ރޭ ވެސް މާލޭގައި ވެސް ވަނީ މާރާމާރީއެއް ހިނގައި ޒުވާނެއްގެ ކަރަށް ތޫނުއެއްޗަކުން ހަމަލާދީފައެވެ. އަދި ރޭ އިރާކޮޅު ތުސުލްދޫގައި ވަނީ އެރަށުގައި ދިރިއުޅޭ ތ. ކިނިބިދޫ މީހަކަށް ހަމާލާ ދީ މަރައިލައިފައެވެ. އީދު ބަންދު ފެށުނު ފަހުން މާލެއާއި މާލެ ކައިރީ ރަށްރަށުގައި މާރާމާރީ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު