އުރީދޫން އެންމެ ފަހުގެ ހިދުމަތްތައް ހެޔޮއަގުގައި ފޯރުކޮށްދޭނަން: ސީއީއޯ

މިއަދަކީ އުރީދޫގެ ނުވަ ވަނަ އަހަރީ ދުވަސް
image މަޖީދީމަގުގައި ހުންނަ އުރީދޫ މެއިން ބްރާންޗުގެ ފިހާރަ

މެދުކެނޑުމެން ނެތި އެމްމެފަހުގެ ހިދުމަތްތައް ހެޔޮ އަގުގައި ރާއްޖެއަށް ތައާރަފް ކުރުމުގައި ދެމިތިބޭނެކަމަށް އުރީދޫ މޯލްޑިވިސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެއްޖެއެވެ.

ވިކްރަމް މިހެން ވިދާޅުވެފައިވަނީ އެ ކުންފުނީގެ ނުވަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ނޫސްބަޔާނެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ އުރީދޫގެ ނެޓްވޯކަކީ ކަސްޓަމަރުންނަށްޓަކައި ބިނާކުރެވިފައިވާ ނެޓްވޯކެއް ކަމަށެވެ.

"އަޅުގަނޑުމެން މެދުކެނޑުމެއްނެތި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނައުމަށް އިންވެސްޓްކުރުމާއި އެންމެ ފަހުގެ ޚިދުމަތްތައް އެންމެ ހެޔޮއަގުތަކުގައި ރާއްޖެއަށް ތަޢާރަފްކުރުމުގައި ދެމިތިބޭނަން. އަޅުގަނޑުމެންގެ ނެޓްވޯކަކީ ކަސްޓަމަރުންނަށްޓަކައި ބިނާކުރެވިފައިވާ ނެޓްވޯކެއް،އަދި އަޅުގަނޑުމެންގެ ނުވަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާހިނދު މިފުރުސަތުގައި އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުން އަޅުގަނޑުމެންނަށްދެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ވިކްރަމް ވިދާޅުވިއެވެ.

އުރީދޫ ނެޓްވޯކު އިތުރަށް ތަރައްޤީ ކުރުމަށް ކުރާ އިންވެސްޓްމަންޓްތަކަކީ ކަސްޓަމަރުންގެ ތަޖުރިބާތަކަށް ބަލައި، ކަސްޓަމަރުން ބޭނުންވާނެ ފަދަ ޚިދުމަތްތަކެއް ދިނުމަށް ކުރާ އިންވެސްޓްމަންޓްތަކެއްކަމަށް އެ ކުންފުނިން ދެކޭކަމަށް ވެސް ވިދާޅުވިއެވެ. އުރީދޫއިން ގަބޫލުކުރަނީ ރަނގަޅު ކަނެކްޝަންއެއް މެދުވެރިކޮށް ކަސްޓަމަރުންގެ ދުނިޔެ އިތުރަށް ފުރިހަމަކޮށްދިނުމަށް ވެސް ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އުރީދޫގެ ނުވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ކުންފުނިން ވަނީ ނުވަ ރުފިޔާ ހަރަދުކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް