ގަމު ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

image

ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ޖުލައި މަހުގެ މުސާރަ އަދިވެސް ނުދެވޭކަމަށް އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުން ހާމަކުރައްވައިފިއެވެ.

އެ ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު އަބްދުލް ސަމަދު "ދުވަސް" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަހުގެ މުސާރަ ނުދެވުނީ ހޮސްޕިޓަލްތަަކަށް މުސާރަ ދިނުމަށް ފިނޭސް މިނިސްޓުރީން ހެލްތް މިނިސްޓުރީއަށް ފޮނުވި ފައިސާ ހުސްވުމާގުޅިގެންކަމަށެވެ.

"އަޅުގަނޑުމެން ވާނީ މުސާރަ ޝީޓު ފޮނުވަންޖެހޭ ދުވަހަށް މިނިސްޓުރީއަށް ފޮނުވައިފަ. އެހެންނަމަވެސް ހެލްތު މިނިސްޓުރީން ވިދާޅުވީ ފިނޭންސުން ފޮނުވި ފައިސާ ހުސްވީކަމަށް،" ސަމަދު ވިދާޅުވިއެވެ.

ސަމަދު ވިދާޅުވީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ދެން މުސާރަ ދެވޭނީ ސަރުކާރު ހުޅުވުމުންކަމަށެވެ.

މިނިވަން ދުވަހާއި ފިތުރު އީދު ވަހުގެ މުނާސަބަތުގައި ސަރުކާރު އޮފީތައް ވަނީ ޖުލައި 27 ވަނަ ދުވަހުން މި ހިނގާ އޮގަސްޓު މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ބަންދުކޮށްފައެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފަކު ދުވަސް ނޫސްއަށް މައުލޫމާތް ދެމުން ބުނީ، މީގެ ކުރިންވެސް އެ ހޮސްޕިޓާލުން އީދު ބައްދު ފަދަ ބަންދެން މީލާދީ މަހެއްގެ ފަހު ހަފްތާއަށް ދިމާވާނަމަ އެ ބަންދުގެ ކުރިން މުސާރަދޭކަމަށެވެ. އެހެންނަމަވެސް މިފަހު އީދު ބައްދާދިމާކޮށް މުސާރަ ނުލިބުމުން ތަދިތަކާއި ކުރިމަތި ވާކަމަށްށެވެ.

"ހޮސްޕިޓަލްގެ އިސްވެރިން ހެލްތު މިނިސްރީން މުސާރަ ނުލިބިގެން މުސާރަ ނުދެވޭކަމަށް ބުނުންވިއަސް އެއީ ގަބޫލްކުރަން ދަތި ވާހަކައެއް. ސަބަބަކީ ދިވެހިރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަން މުސާރަ ލިބިއްޖެ. ގަމު ރީޖަނަލް ހޮސްޕިޓަލް ގެ މުވައްޒަފުންނަން މުސާރަ އެކަނި ނުލިބުނީ. އަޅުގަނޑަށް ހީވަނީ މެނޭޖުމަންޓުގެ ފަރުވާ ކުޑައީހެން،" ގަމު ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފެއް ބުންޏެވެ.

މި މައްސަލައިގައި ހެލްތް މިނިސްޓުރީގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް