ތުލުސްދޫގައި މީހަކު މަރައިލައިފި

image ކ. ތުލުސްދޫ

ތޫނު އެއްޗަކުން ހަމަލާދީ ކ. ތުލުސްދޫގައި މީހަކު މަރައިލައިފިކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހިންގި މާރާމާރީއެއްގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ އޭނާއަށް ލިބުނު ޒަހަމްތަކަށް ތުލުސްދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށްކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 1900 ގައެވެ. މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓުގެ ޓީމެއް އެރަށަށް ދަތުރުކުރަމުން ދާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މާރާމާރީއާއި ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް