ރާއްޖެއިން މުދާ އެކްސްޕޯޓު ކުރާ މިންވަރު 11 ޕަސަންޓަށް އިތުރުވެއްޖެ

image މާލޭ ކޮމާޝަލް ހާބަރުގައި މުދާ އުފުލުމުގެ މަސައްކަތުގައި ދެ މީހަކު ހަރަކާތްތެރިވަނީ: ފޮޓޯ ޕޯޓްސް

މިދިޔަ އަހަރާއި އަޅައި ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓާރ ގައި ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު 11 ޕަސަންޓަށް އިތުރުވެފައިވާކަމަށް މޯލްޑިވިސް ކަސްޓަމްސް ސާވިސް (އެމްސީއެސް) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމުން މިއަދު ހާމަކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ ތަފާސް ހިސާބުތަކުގައި ރާއްޖެއިން 637.7 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާކަމަށް ދައްކައެވެ. މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގައި ބޭރުކޮށްފައިވަނީ 575.3 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލުގެ 76 ޕަސަންޓަކީ މަހުގެ ބާވަތްތަކެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ބާވަތްތައް ވެސް މިދިޔަ އަހަރާއި އަޅައި ކިޔާއިރު 17 ޕަސަންޓު އިތުރުވެފައިވާކަމަށް ކަސްޓަމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާރ ގައި 4690.2 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ ދެވެނަ ކުއާޓާރ ގައި އެއަދަދު ވަނީ 7577.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓާގައި ކަސްޓަމްސް އަށް ލިބުނު ޖުމްލަ ފައިދާ 2013 ވަނަ އަހަރުގެ ދެވަނަ ކުއާޓާރ އާއި އަޅައި ކިޔާއިރު 20 ޕަސަންޓަށް އިތުރުވެފައިވެއެެވެ. ދެވަނަ ކުއާޓާ އަށް ފައިދާގެ ގޮތުގައި 464.6 މިލިއަން ރުފިޔާލިބިފައިވެއެވެ. ކަސްޓަމުގެ އިމްޕޯޓު ޑިއުޓީގެ 90 ޕަސަންޓު ދައްކާފައިވަނީ އަމިއްލަ ވިޔަފާރިވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް