ވައިގެ މަގުން ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އެތަރެކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

image 2014 ޖޫން 23 ވަނަ ދުވަހު ރާއްޖެ އެތެރެކޮށްފައިވަނިކޮށް އަތުލައިގަތް މަސްތުވާތަކެތި -- ޕޮލިސް ފައިލް ފޮޓޯ

މިދިޔަހަފްތާ ބުދަދުވަހު ވައިގެމަގުން ރާއްޖެއަށް އެތެރަކުރި ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

ބަންދުގެ މުއްދަތު އިތުރުކުރި ދެ މީހުން ދިރިއުޅޭ ތަން ޖޫން 23 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މިމައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ލިޔެކިޔުންތައް ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިޔާއިން ހާމަކުރެއެވެ. ނަމަވެސް އެމީހުން ދިރިއުޅޭތަނުގެ އަދި އެމީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ މީހުންގެ ތެރެއިން އެކަކީ ވައްކަމުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް