ހުޅުމާލޭގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ހުޅުމާލޭގައި ރޭ ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ސައިކަލެއް ގެނެސްފައިވާކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ސައިކަލަކީ މާރާމާރީ ހިންގުމަށް ބޭނުންކުރި ސައިކަލެއް ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ނުކާކަމަށް ފުލުހުން ނުންޏެވެ.
ރޭ 1945 ހާއިރު ހުޅުމާލެ 60 ނަމްބަރު ފްލެޓް ކައިރީގައި ހިންގިމާރާމާރީއެއްގައި 2 ފިރިހެނަކު ވަނީ ޒަޚަމް ކޮށްލާފައި ކަމަށްވެސްފުލުހުން ވަނީ ހާމަކުރައްވާފައެވެ. އެ ދެ މީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސްފައިވެއެވެ.އަދި އަނެއް މީހާގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ. ދެމީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައިދަނީ ފަރުވާދެމުންކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.
ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ދެ މާރާމާރީއެއް ހިންގާފައިވެއެވެ. މާލޭގައި ހިނގި މާރާ މާރީތަކުގައި ވެސް ދެ މީހަކު ޒަހަމް ކޮށްލާފައިވެއެވެ.
ރޭ 1940 އެހައިކަންހާއިރު މާފަންނު ލެމަންގްރާސް ކައިރީގައި ހިންގިމާރާމާރީގައިވަނީ މީހެއްގެ މީހެއްގެ ބޮލުގެ ފުށްކިބަ ޒަޚަމް ކޮށްލައިފައެވެ. އޭނާ ޒަޚަމް ކޮށްލާފައިވަނީ އޭނާގެ އަތުގައި އޮތް ފޯނެއް ދޭށޭ ބުނުމުން ނުދީ ދާންފެށުމުން ފަހަތުން އައި ގްރޫޕަކުންނެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާދެމުން ގެންދާ ކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
މާލޭގައި ހިންގި ދެންވަނަ މާރާމާރީ ހިންގާފައިވަނީ 8.00 އެހައިކަންހާއިރު ހެންވޭރު ހުސްނުހީނާމަގާއި ކަޅުހުރާމަގު ގުޅުނުކަންމަތީގައެވެ. މާރާމާރީގައި އަންހެނަކު ވަނީ ޒަޚަމް ކޮށްލައިފައެވެ.އޭނާއަށް ހަމަލާދީފައިވަނީ މޫނު ނިވައިކޮށްގެންތިބި ބައެއްކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ސައިކަލެއްގައިއައި ދެ މީހަކު އެ ސަރަހައްދުގައި ހުރި އަންހެން މީހާގެ ބުރަކަށްޓަށްހަމަލާދީފައިވަނީ ތޫނު އެއްޗަކުން ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ. އޭނާއަށް ވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީހާމަކުރައްވާފައެވެ.
މާލޭގައި ހިނގި ދެ މާރާމާރީ އާއި ގުޅިގެން ވެސް އެއް މީހަކަު އަދި މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު