މިނިވަން ދުވަހުގެ ޝަރަފުގައި ސިފައިން ބާއްވާ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި އޮންނާނެ

image

މިނިވަން ދުވަހުގެ ޝަރަފުގައި ބާއްވާ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި އޮންނާނެކަމަށް ސިފައިން ހާމަކޮށްފިއެވެ.

ސިފައިން ބުނީ މިއަދު ހަވީރު 4:30 ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދާނީ ބަންޑާރަކޮށިން ނުކުމެގެން އަމީރު އަޙްމަދު މަގުން އިރަށް ގޮސް، ސޯސަންމަގުން ދެކުނަށް އަޅައިގެން ގޮސް، މަޖީދީމަގުން އިރަށް ގޮސް، ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް، ސުނާމީ ބިނާކައިރިން ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ގޮސް، ކަޅުތުއްކަލާކޮށްޓަށް ނިންމާލާގޮތަށެވެ.

ޝަރަފުގެ މިހިނގާލުމުގައި ހެންވޭރު ދަނޑާއި، އުސްފަސްގަނޑާއި، "މޭރީ ބްރައުން" ކައިރީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ހިތްގައިމު ރާގުތައް ކުޅޭނެއެވެ. އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެކަމަށް ވެސް ސިފައިންގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް