ވިލިމާލޭގައި ދުއްވާ ބަގީއެއް އުމުރުން ދުވަސްވީ އަންހެނެއްގައި ޖެހި އެކްސިޑެންޓުވެއްޖެ
ވިލިމާލޭގައި ދުއްވާ ބަގީއަކުން ޢުމުރުން ދުވަސްވީ އަންހެނެއްގާގައި ޖެހި އެކްސިޑެންޓްވެއްޖެ ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
.ފުލުހުން ބުނީ މި އެކްސިޑެންޓްގެ މަޢުލޫމާތު ލިބިފައިވަނީ އިއްޔެ ހަވީރު 6:15 ހާއިރުކަމަށެވެ. ވިލިމާލެ ދިއްގާމާގޯޅީގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުމުގެ ސަބަބުން އޭނާއަށް ވިލިމާލެ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އެކްސިޑެންޓް ހިނގި ވަގުތު ބަގީ ދުއްވަން އިނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު