ތޫނު އެއްޗަކުން ހަމަލާދީ ރޭ މާލޭގައި ޒުވާނަކު ޒަހަމްކޮށްލައިފި

image މާރާމާރީއެއްގެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަޅިއެއް: މާލޭގައި މިރޭވަނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލާފައި -- ޕޮލިސް ފައިލް ފޮޓޯ

ތޫނު އެއްޗަކުން ހަމަލާދީ ރޭ އިރާކޮޅު މާލޭގައި ޒުވާނެއް ޒަހަމްކޮށްލައިފިއެވެ.

މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނީ ރޭ 20:40 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ވައިޖެހޭމަގު ގާލް ގައިޑް އެސޯސިއޭޝަން ކުރިމަތިން ތޫނު އެއްޗަކުން ހަމަލާދީ ފައިވަނީ އޭނާގެ ބުރަކަށްޓަށް ކަމަށް ފުލުހުން ބުނެއެވެ. ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވި މީހާއަށް ސެނެހިޔާގައި ދަނީ ފަރުވާދެމުންދާކަަމަށް ފުލުހުން ބުެނއެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް