މާދަމާއަކީ މިއަހަރުގެ ފިތުރު ޢީދުދުވަސް ކަމަށް ކަނޑައަޅައިފި
މާދަމާ އަކީ މި އަހަރުގެ ފިތުރު ޢީދު ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިރޭ އިޢުލާން ކުރައްވައިފިއެވެ.
އެމިނިސްޓްރީން މިކަން އިޢުލާން ކުރައްވާފައިވަނީ ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އެމިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މާދަމާއަކީ ޢީދުދުވަސް ކަމަށް ކަނޑައެޅި ރާއްޖެއަށް ހަނދު ނުފެނުނަސް އިސްލާމީ ބައެއް ޤައުމުތަކަށް ހަނދުފެނިފައިވާ ކަމަށް ސާބިތުވެފައިވާތީއެވެ. އަދި ފަލަކީ ހިސާބުތަކަށް ރިޢާޔަތް ކުރާއިރު މިރޭ ހަނދުފެންނާނެ ކަމަށް ދައްކާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީންގެ ބޔާނުގައިވެއެވެ.
ޢީދު ނަމާދުކުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ އޮންނާނެއެވެ. މާލޭގެ މިސްކިތްތަކުގެ އިތުރަށް ސްޓޭޑިއަމް ސަރަޙައްދުގައިވެސް ނަމާދު ކުރުން އޮންނާނެއެވެ. ޣައްޒާ އަށް އެހީވުމަށް ހުޅުވާލައިފައިވާ ފަންޑު ފޮށިވެސް އެސަރަޙައްދުގައި ބަހައްޓާ ގޮަތަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު