ޣައްޒާ ފަންޑަށް އައްޑޫ ސިޓީން ލިބުނު ތަރުހީބު ރަނގަޅު: ޖަމިއްޔާތައް

image ޢައްޒާއަށް އެހީވުމަށް އައްޑޫގައި ބެހެއްޓި ފަންޑު ފޮށި:

ޣައްޒާއަށް އެހީވުމަށް އައްޑޫގައި ބެހެއްޓި ފަންޑު ފޮށްޓަށް އައްޑޫއިން ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް ފަންޑު ފޮށީގެ ކަންކަން އިމްތިޒާމްކުރި ޖަމިއްޔާތަކުން ބުނެފިއެވެ.

ނޫރުުލް އިސްލާމް ޖަމިއްޔާ އާއި ޕާލްސް ޖަމިއްޔާއިން ވަނީ ޣައްޒާގެ ރައްޔިތުންނަން އެހީ ވުމުގެ ގޮތުން އިއްޔެ އައްޑޫ ސިޓީ ހިތަދުއާއި، ފޭދޫގައި ފަންޑު ފޮށި ބަހައްޓައިފައެވެ.  އެ ދެ ފަންޑު ފޮށްޓަށް 49 ހާހަށްވުރެ ގިނަ ރުފިޔާއާއި 179 ޑޮލަރު ލިބިފައިވާކަމަށް އެ ޖަމިއްޔާތަކުގެ އިސްވެރިން ވަނީ ހާމަ ކުރައްވާފައެވެ.

އެ ބޭފުޅުން ހާމަކުރައްވާފައިވާ ގޮތުގައި ހިތަދޫގައި ބެހެއްޓި ފަންޑު ފޮށްޓަށް ލިބިފައިވަނީ 32،255.50 ރުފިޔާ އެވެ. ފޭދޫގައި ބެހެއްޓި ފަންޑު ފޮށްޓަށް 17401 ރުފިޔާ ލިބިފައިވާކަމަށް ވެސް ހާމަކުރައްވާފައިވެއެވެ.

މިދެ ފަންޑު ފޮށީގެ ފައިސާވެސް ހަވާލު ކުރާނީ ޢަދާލަ ތުޕާޓީން ހުޅުވާފައިވާ ފަންޑާ ކަމަށް އެޖަމިއްޔާތަކުން ވަނީ ހާމަކުރައްވައިފައިވެއެވެ. 

ފަލަސްތީނުގެ ރައްޔަތުންނަން އެހީ ވުމުގެ ގޮތުން ލ.ގަމު މިސްކިތްތަކުގައި ވެސް އެރަށު ކައުންސިލުން އިއްޔެ ވަނީ ފަންޑު ފޮށި ބަހައްޓާފައެވެ.

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް އަދާލަތު ޕާޓީން މިމަހު 17 ވަނަ ދުވަހު ބެހެއްޓި ފަންޑު ފޮށްޓަށް މިހާތަނަށް ވަނީ 2.3 މިލިއަން ރުފިޔާ ލިބިފައެވެ. އެއަދަދު އެހާ އިތުރުވެފައިވަނީ މާލޭގެ އިތުރުން ރަށްރަށުގައި ވެސް ފަންޑު ފޮށި ބަހައްޓަމުން ގެންދާތީކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

ފަލަސް ތީނުގެ ޣައްޒާއަށް އިޒްރޭލުން އުދުވާނީ ހަމަލާ ދެމުން އަންނަތާ މިއަދަށް 20 ދުވަސް ވެއްޖެއެވެ. މިމުއްދަތުގައި ހާހަކަށްވުރެ ގިނަ މީހުން ވަނީ އެ ހަމަލާތަކުގައި ޝަހީދުވެފައެވެ. އަދި ހަ ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މަރުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް