އައްޑޫ ސިޓީއަށް ކޮންމެހެން ވެސް ސީ އެމްބިއުލާންސް ބޭނުން: ޑެޕިއުޓީ މޭޔަރ
އައްޑޫ ސިޓީއަށް ސީއެމްބިއުލާންސެއްގެ ބޭނުން ވަރަށް ބޮޑުކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ތައްޔިބު ވިދާޅުވެއްޖެއެވެ.
"ދުވަސް" ނޫހަށް މައުލޫމާތު ދެއްވަމުން ތައްޔިބު ވިދާޅުވީ އެއަތޮޅު ހުޅުދޫ އަދި މީދޫ އަކީ އެހެން ރަށްތަކާ ވަކިން އޮންނަ ދެ ރަށް ކަމުން ސީއެމްބިއުލާސް ބޭނުން އެ ދެރަށް ކޮންމެ ހެން ވެސް މުހިންމު ކަމަށެވެ. އަދި އައްޑޫގައި ސީއެމްބިއުލާންސެއް އޮވެއްޖެނަމަ އެ ކަމުގެ ފަސޭހަ ފުވައްމުލަކު ރައްޔިތުންނަށް ވެސް އެކަމުގެ ފަސޭހަ ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
"އައްޑޫއަށް ގެންދިއުމުގެ ބަދަލުގައި ފުވައްމުލަކުން ގެންދަނީ މާލެއަށް. އައްޑޫ ރީޖަނަލް ހޮސްޕިޓަލަށް ބަލި މީހަކު ގެންނަން ބޭނުވިއަސް އެކަމަށް ފަސޭހައިން އަވަހަށް ކުރެވެން ނޯންނާތީ މާލެއަށް ގެންދަނީ. އެކަމަކު އައްޑޫގައި ސީ އެމްބިއުލާންސެއްގެ ގޮތުގައި ލޯންޗެއް ބާއްވައިފިނަމަ އެކަމުގެ ފަސޭހަ އައްޑޫގެ އިތުރުން ފުވައްމުލަކު ރައްޔިތުންނަށް ވެސް ކުރާނެ،" ތައްޔިބު ވިދާޅުވިއެވެ.
ޑެޕިއުޓީ މޭޔަރ ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުން އައްޑޫއަށް ސީއެމްބިއުލާންސެއް ހަމަޖައްސައި ދެއްވިކަމެއް އަދި އެނގިނުލައްވާ ކަމަށެވެ. އެހެން ނަމަވެސް މީގެ ފަސް އަހަރު ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސީ އެމްބިއުލާންސެއް އޮތްކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ އެމްބިއުލާންސްގެ ހިދުމަތް ވެސް މެދުކެނޑިފައިވާކަަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ސީއެމްބިއުލާންސްގެ ހިދުމަށް ސަރުކާރުން ނުދޭނީ ހުޅުމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު