ވެހިކަލްތަކެއް ނައްތާލުމަށް ފުލުހުން ތައްޔާރުވާން ފަށައިފި

image ޓޯވ ކޮށްފައިވާ ވެހިކަލްތައް ނައްތާލުމަށް ތިލަފުށްޓަށް ގެންދަނީ -- ފޮޓޯ: ޓްރެފިކް ޕޮލިސް ޑިޕާރޓްމަންޓް

ފުލުހުން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުފަހަރު ނައްތާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި އުޅަނދުފަހަރު ޓޯވ ކޮށްފައިވަނީ ޕާކު ކުރުމުގެ ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން ކަމަށެވެ.

ޓޯވ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން، ނައްތާލުމަށް ފުލުހުން މަސައްކަތްކަތް ކުރަމުންދަނީ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެ އުޅަނދުތަކުގެ ވެރިން އެ އުޅަނދުތަކާ ޙަވާލުނުވެ ހުރި އުޅަނދުފަހަރު ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ. ފުލުހުން ގެންދަނީ ދޫނިދޫގައި ހުރި، ނައްތާލަންޖެހޭ ވެހިކަލްތައް ތިލަފުށްޓަށް ގެންދިއުމުގެ މަސައްކަތް މާލެ ސިޓީ ކައުސިލާ ގުޅިގެން ކުރަމުންނެވެ.

ސިޓީ ކައުންސިލާ ގުޅިގެން މިއުޅަނދުފަހަރު ތިލަފުށްޓަށް ގެންދިޔުމުގެ މަސައްކަތް ފުލުހުން ފެށީ މިއަދުއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެންމެފަހުން އެތަނުން ކުރި އިއުލާނާ ގުޅިގެން ވެރިފަރާތުން ގެންގޮސްފައިވަނީ 5 ސައިކަލެވެ.

މިހާރު ނައްތާލުމަށް ތައްޔާރު ކުރަމުންދަނީ 156 ސައިކަލާއި 560 ބައިސްކަލުގެ އިތުރަށް ހަތަރު ފުރޮޅުލީ 6 އުޅަނދު ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް