ދޯންޏަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

މާލޭ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏަކުން ރޭ ދަންވަރު 1:55 ހާއިރު ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއްކަމަށެެވެ. ނަމަވެސް އޭނާގެ އިތުރު މައުލޫމާތެއް ފުލުހުން ހާމައެެއް ނުކުރެެއެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާ އެ ދޯނިން ވައްކަން ކުރަން އުޅެނިކޮށް އެ ދޯނީގެ ފަޅުވެރިން ރިޕޯޓު ކުރުމާއި ގުޅިގެނެވެ. މައްސަލަ ތަހުގީގު ކުރަމުން ގެންދާތީ ދޯނީގެ މައުލޫމާތެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު