ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް އެކްސިޑެންޓުވެއްޖެ

image

މާލޭ ބޮޑުތަކުރުފާނުމަގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް އެކްސިޑެންޓުވެއްޖެއެވެ.

ފުލުހުން ބުނީ  ރޭ ދަންވަރު 1:30 ހާއިރު ދަރުބާރުގޭ ފުރަގަހުން ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ ޑްރައިވަރަށް ކާރު ކޮންޓްރޯލް ނުވެގެން ކަމަށެވެ.

އެކްސިޑެންޓުވި ކާރު ފުރަތަމަ ޖެހިފައިވަނީ ހޮޅިދަނޑިއެއްގައެވެ. އަދި ކާރު ކަހާލައިގެން ގޮސް އެ ސަރަހައްދު ގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ވެސް ޖެހިފައިވެއެވެ. އެހެން ނަމަވެސް ޕިކަޕަށާއި ކާރުގެ ޑްރައިވަރަށް މާބޮޑު ގެއްލުމެއް ނުވާކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިގޮތުން ކާރުގެ ކުރީ ކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތަން ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެނެއެވެ. 

އެކްސިޑެންޓުވި ކާރުދުއްވަން އިން އުމުރުން 30 އަހަރުގެ ޑްރައިވުގެ ލައިސަންސު ފުލުހުންވަނީ ހިފަހައްޓާފަައެވެ. ޑްރައިވަރުގެ އުމުރު ފިޔަވައި އިތުރު  މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް