ދި ޔޫތު އިނިޝިއޭޓިވް" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަނީ"
ޑިމޮކުރަސީ ހައުސް ގެ އެހީއާއެކު"ދި ޔޫތު އިނިޝިއޭޓް" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަން ނިންމައިފިއެވެ.
މި ޖަމިއްޔާ އުފެއްދުމަށް ނިންމާފައިވަނީ ފާއިތުވެގެން ދިޔަ ޖޫންމަހު 26-27 އަށް ބަނޑޮސް އައިލެންޑު ރިސޯޓުގައި ބޭއްވި " ވައި.އެލް.ޕީ އެލުމްނީމީޓިން" ގައެވެ.
މި ޖަމިއްޔާ އުފައްދަން އިސްނަގައި ޑިމޮކުރަސީ ހައުސް އަށް ހުށަހަޅައި މަސައްކަތް ފަށައިފައިވަނީ 2013 ވަނައަހަރުގެ ޔޫތު ލީޑަރސިޕް ގެ ބައިވެރިންނެވެ.
މި ޖަމިއްޔާ އުފެއްދުމަށް އިސްކޮށް މަސައްކަތް ކުރަމުން ގެންދާ މުޙައްމަދު އަންސަރު ބުނީ މިފަދަ ޖަމިއްޔާއެއް އުފައްދަން ނިންމީޔޫތު ލީޑަރޝިޕް ޕްރޮގްރާމް ނިންމާފައި މުޖުތަމައަށް ނިކުންނަ ޒުވާނުން ކުރިއަށް ދިޔުމަށްރަނގަޅު "ޕްލެޓް ފޯމެއް" ހޯދައި ދިނުމަށެވެ.
އަންސަރު ބުނީ މިޖަމިއްޔާ އުފެއްދުމަށް ޑިމޮކުރަސީހައުސްގެ ފުރިހަމަ ތާއީދު ލިބިފައިވާ ކަމަށްށެވެ. ޑިމޮކްރަސީ ހައުސްއިން ވަނީ މިޖަމިއްޔާގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަގެ ފުރިހަމަ ޔަގީންކަންދީފައި ކަމަށްވެސް އަންސަރު ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު