ތިން ސައިކަލު އަންދާލައިފި

image 3 ވަނަ އަހަރު ހިންގާފައިވާ އަލިފާން ރޯކުރުމުގެ މައްސަލައެއްގައި ސައިކަލުތަކެއްގައި ރޯކޮށްލާފައި -- ޕޮލިސް ފައިލް ފޮޓޯ

މާލޭ ކަޅުތުއްކަލާ ކޮށި ކައިރީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލުގައި ރޭ ދަންވަރު 2:30 ހާއިރު އަލިފާން ރޯކޮށް އަންދާލައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ދެ ސައުކަލު ބޭނުންނުކުރެވޭ މިންވަރަށް އަނދާލާފައިވާ ކަމަށެވެ. ތިން ވަނަ ސައިކަލަށްވެސް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ސައިކަލުތަކުގެ ވެރިފަރާތަކީ ކޮބައިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ކަޅުތުއްކަލާ ކޮށި ކައިރީގައި އާންކޮށް ޕާކުކޮށްފައި ހުންނަނީ ފުލުހުންގެ ސައިކަލުތަކެވެ. އެ ސަރަހައްދަކީ ފުލުހުންގެ އިދާތާރައް ގިނަ ސަރަހައްދެކެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންބުނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް