ފޮޓޯނަގަން ދަސްކޮށްދޭ ވޯކްޝޮޕެއް ދަ ޕޯޓްރެއިޓް ގެލަރީން ބާއްވަނީ
ފޮޓޯނަގަން ދަސްކޮދޭ އިތުރު ވޯކްޝޮޕެއް "ދަ ޕޯޓްރެއިޓް ގެލަރީން" ބާއްވަންނިންމަފައިވާ ކަމަށް އެތަނުން ހާމަ ކުރައްވައިފިއެވެ.
މިވޯކްޝޮޕް ބާއްވާނީ އަންނަ ޖުލައި މަހުގެ 16 އިން އޮގަސްޓު 23 އަށް ކަމަށް ދަ ޕޯޓްރައިޓް ގެލެރީގެ ޕްރޮޑަކްޝަން މެނޭޖަރު ނައުޝާދު ޒާހިރު ވިދާޅުވިއެވެ.
އޭނާވިދާޅުވީ މިއީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ވޯކްޝޮޕެއް ކަމަށެވެ. މިވޯކްޝޮޕް ކުރިއަށް ގެންދާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހުރު މިތިން ދުވަހުއެވެ. ހޯމަ އަދި ބުދަ ދުވަހު ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޭގަނޑު9:30 އިން 11:00 އަށެވެ. އަދި ހޮނިހިރު ދުވަހުގެ ކުލާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަށެވެ.
ނައުޝާދުޒާހިރު ވިދާޅުވީ މި ވޯކްޝޮޕުގައި ޕްރޮފެޝަނަލް ކެމެރާ ބޭނުންކުރާނެ ގޮތާއިފޯޓޮނަގާނެ ހުނަރުތައް ދަސްކޮށް ދެވޭނެއެވެ.
"މިއީއެންމެ ބޭސިކުން ފެށިގެން ފޮޓޯ ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް ހާއްސަކޮށްގެން ގެންދާ ކުލާސްތަކެއް. ފްރޮފެޝަނަލް ކެމެރާއަކުން ފޮޓޯ ނަންގަވަން ބޭނުންފުޅުވި ނަމަވެސް އޭގެ ފަންގްޝަންތަކަކީ ދަސްކުރަން ޖެހޭނެ އެއްޗެއް. ތިއަރީކުލާސްތަކާ ޕްރެކްޓިކަލް ކުލާސްތަކެއް ކުރިއަށްދާނެ،" ނައުޝާދު ވިދާޅުވިއެވެ.
މިވޯކްޝޮޕްގައި ކިޔަވައި ދެއްވާނީ ދަ ޕޯޓްރެއިޓް ގެލަރީގެ" ފައުންޑަރ ޔާސިން ހަމީދެވެ. އޭނާއަކީ އިނގިރޭސި ވިލާތުން ކިޔަވައި ވިދާޅުވެފައިވާ ޕްރޮފެޝަނަލް ފޮޓޯގްރާފަރެކެވެ.
މިއީ "ދަ ޕޯޓްރެއިޓް ގެލަރީން" ކުރިއަށް ގެންދާ މިފަދަ 23 ވަނަ ވޯކްޝޮޕެވެ.
ކިޔުންތެރިންގެ ހިޔާލު