ފުރުޤާން މިސްކިތް ހުޅުވައި ދެއްވައިފި

image ނާއިބު ރައީސް ޑރ. ޖަމީލް އަހުމަދު މިއަދު ފުރުޤާން މިސްކިތް ހުޅުވައިދެއްވަނީ: ފޮޓޯ ރައީސް އޮފީސް

ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ހަވީރު ފުރުޤާން މިސްކިތް ހުޅުވައި ދެއްވައިފިއެވެ.

ޢަސުރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ފުރުޤާން މިސްކިތް ހުޅުވައިދެއްވާއިވާއިރު އެ މިސްކިތް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ 2008 ވަނަ އަހަރުއެވެ. އެ މިސްކިތް އެއްކޮށް އަޅައި ނިންމުމަށް 21.7 މިލިއަން ރުފިޔާ ހަރުދު ކޮށްފައިވެއެވެ. އެކިފަހަރު މަތިން މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް މެދުކެނިޑިފައި ވެސްވެއެވެ.

މިއސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ވިމްލާ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އެހެން ނަމަވެސް މިސްކިތް އަޅައި ނުނިމެނީސް އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލިއެވެ. އެއަށް ފަހު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު 2011 ވަނަ އަހަރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ މާރިސް ކުންފުންޏާއެވެ.

އެ މިސްކިތުގައި 2600 މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. އަދި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ބައިގައި އެއްފަހަރާ 200 މީހުނަށް ނަމާދު ކުރެވޭނެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް