އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރުމަށް ޢަޒީގެ ނަން ހުށަހަޅައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުގެ ނަން ރައީސުމް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިމަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލުމުން އަޒީގެ އިތުރަށް 12 ބޭފުޅުންވަނީ ކުރިމަތި ލައްވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ޝަރުޠުހަމަވާ ބޭފުޅުންގެ ނަންފުޅުތައްވެސް، ރައްޔިތުންގެ މަޖިލީހުގެ މަޢުލޫމާތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ފޮނުއްވާފައެވެ.
މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އައްޔަން ކުރަންޖެހޭ މަގާމެކެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު