ޖީއެމްއާރަށް ބަދަލުދިނުމުގެ އަޑުއެހުންތައް ބާއްވާނެ
ރާއްޖޭގެ ކުރީގެސަރުކާރާއި ޖީއެމްއާރު ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްޗެއްކަމަށް ކަނޑައެޅުމުން ދެން ކުރިއަށްދާނީ ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައިދޭންޖެހޭ ފައިސާގެ އަދަދު ކަނޑައެޅުމަށް ބާއްވާ އަޑު އެހުންތައް ސިންގަޕޫރުގެއާބިޓްރޭޝަނުގައި ކުރިއަށްދާނެ ކަމަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލްވިދާޅުވެއްޖެއެވެ.
ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރީ ގާނޫނީ ހަމަތަކުން ބޭރުން ކަމަށް އާބިޓްރޭޝަނުން ނިންމިޔަސް ބަދަލުގެގޮތުގައި ދޭންޖެހޭނެ މިންވަރެއް ކަނޑަ އަޅާފައެއް ނުވެއެވެ.
ބަދަލުގެ ގޮތުގައިހޯދުމަށް ޖީއެމްއާރުން ހުށަހަޅާފައިވަނީ 1.4 ބިލިއަން ޑޮލަރެވެ. ނަމަވެސް އެއަދަދާ ގާތަށްވެސް ދައްކަން ނުޖެހޭނެކަން ކަށަވަރުވެފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ.
ޖީއެމްއާރަށް ދޭންޖެހޭނީ ކިހާ ވަރެއްގެ ބަދަލެއްކަން ކަނޑައެޅުމަށް ބާއްވާ އަޑުއެހުންތައްއަހަރަކަށްވެސް ދެމިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އަނިލްވިދާޅުވިއެވެ.
ގެ އަޑުއެހުންތައްކުރިއަށް ދާނެ އެވެ. އެކަމަށް އިތުރު އަހަރެއްހާ ދުވަސް ނެގުމަކީ އެކަށީގެންވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިއަޑު އެހުންތަކުގައި އޮންނާނީ ޖީއެމްއާރުން އެއާޕޯޓަށް ކޮށްފައިވާ ހޭދައިގެ ތަފްސީލްތަކާއި، ކަމާބެހޭ މާހިރުންގެ ޚިޔާލު ހޯދުންކަމަށްވެސް އަނިލް ވިދާޅުވިއެވެ.
ޖީއެމްއާރު އެއްބަސްވުންއުވާލާފައިވަނީ ގާނޫނާ ޚިލާފަށް އާބިޓްރޭޝަނުން ނިންމުމުން އެމްޑީޕީންބުނެފައި ވަނީ އެއްބަސްވުން އުވާލުމުގައި ޒިންމާވާ އެންމެންނާ މެދު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ދައުވާ ކުރާނެ ކަމަށެވެ.
X
ކިޔުންތެރިންގެ ހިޔާލު