ދިވެހި ސަރުކާރުން ޖީއެމްއާރަށް ހަތަރު މިލިއަން ޑޮލަރު ދެއްކުމަށް އަންގައިފި

image އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް

ކުރިއަށްއޮތް 42 ދުވަސްތެރޭގައި ޖީއެމްއާރު ކުންފުންޏަށް 4 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ޕެނަލުންދިވެހި ސަރުކާރަށް އަންގައިފިއެވެ.

މިއީ ޖީއެމްއާރުން އާބިޓްރޭޝަނަށް ހިނގި ޚަރަދުގެ ގޮތުގައި އެކުންފުންޏަށް ދޭން ޖެހޭ ފައިސާއެވެ. އެއްބަސްވުން ބާތިލް ކޮށް އެކުންފުނީގެއަތުން އެއާޕޯޓް އަތުލުމުން ލިބުނުު ގެެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދެއް އާބިޓްރޭޝަނުން އަދި ނިންމާފައެއް ނުވެއެވެ.

އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރަށް ކުއްޔަށް ދިނީ ރައީސްނަޝީދުގެ ސަރުކާރުންނެވެ. ނަމަވެސް ރައީސް ޑރ. ވަހީދުގެ ސަރުކާރުންވަނީ އެއީއުފެދުމުގައިވެސް ބާތިލް އެއްބަސްވުމެއް ކަމަށްބުނެ އެއްބަސްވުން އުވާލައިފައެވެ.

މިއެއްބަސްވުން އުވާލުމާ ގުޅިގެން ބަދަލުގެގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރުންވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފައެވެ.

މި މައްސަލައިގެ އަޑު އެހުންތައް ނިންމުމަށްފަހު އާބިޓްރޭޝަނުން ނިންމާފައިވަނީ އެއް އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށެވެ. އަދި ޖީއެމްއާރު ރާއްޖެއިން ފޮނުވާފައިވަނީ އެއްބަސްވުމާ ޚިލާފަށް ޤާނޫނީ ހަމަތަކުން ބޭރުން ކަމަށްވެސް ނިންމާފައިވެއެވެ.

އެއްބަސްވުމުގެ ދަށުން ނެގުމަށް ނިންމި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) އާއިއިންޝްއަރެންސް ސާޗާޖަކީ ރާއްޖޭގެ ޤާނޫނުތަކަށް ބަލާއިރު ނެގޭނެ އެއްޗެއްކަމަށްވެސް ވަނީ ނިންމާފައެވެ. މި ފީތައް ނެގޭގޮތް ނުވުމުން އެއްބަސްވުމަށް ގެނެސްފައިވާ ބަދަލުތަކަކީވެސް ސައްހަ ބަދަލެއް ކަމަށް އާބިޓްރޭޝަނުންވަނީ ކަނޑައަޅައިފައެވެ.

އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް މިއަދުވިދާޅުވީ ޖީއެމްއާރުން އެދުނު 1.4 ބިލިއަން ޑޮލަރާ ގާތަށްވެސް ސަރުކާރުން ފައިސާދައްކަން ނުޖެހޭނެކަން މިހާރު ކަށަވަރު ވެފައިވާ ކަމަށެވެ. ނަމަވެސްއާބިޓްރޭޝަނުގެ ނިންމުމަށް ސަރުކާރުން ތަބާވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަނިލް ވިދާޅުވީ ޖީއެމްއާރަށް ބަދަލުދޭން ޖެހޭނެ ކަމަށް ކުރިންވެސް ގަބޫލު ކުރެއްވި ކަމަށެވެ. ނަމަވެސް ވަކާލާތު ކޮށްފައިވާނީ ޖީއެމްއާރު އެދޭވަރުގެ ބަދަލެއް ދޭންނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް