މާދަމާ އަޅުގަނޑު ކޯޓަށް ދާނަން -ޢުމަރު

image ހޯމް މިނިސްޓަރ ޢުމަރު ނަސީރު

ހޯމް މިނިސްޓަރ ޢުމަރު ނަސީރުގެ މައްޗަށް ކުރާ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތަށް، މާދަމާ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

"ދުވަސް" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ "މާދަމާ އަޅުގަނޑު ކޯޓަށް ދާނަން،" ކަމަށެވެ. ނަމަވެސް ކޯޓަށް ވަޑައިގަންނަވާނެ ގަޑިއެއް ޢުމަރު ވިދާޅެއް ނުވެއެވެ. އަދި ވަޑައިގަންނަވާނީ ފުލުހުންގެ ބެލުމުގެ ދަށުންތޯ ދެންނެވުމުން ވިދާޅުވީ "ނޯ ކޮމެންޓް" ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢުމަރު ކޯޓަށް ވަޑައިގަންނަވަނީ މާދަމާ ހެނދުނު 11.00 އަށެވެ.

މަދާ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ޢުމަރު ވިދާޅުއިރު ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރާ އެއްގޮތަށް ބަންދުގައި ބަހައްޓައިގެން ޢުމަރު ކޯޓަށް ހާޒިރު ކޮށްދެއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ވަނީ ވިދާޅުވެފައެވެ.

ޢުމަރު ކޯޓަށް ވަޑައިގެންނެވުމަށް އެންމެ ފަހުން އެންގެވި އިރު ހުންނެވީ ރަސްމީ ދަތުރު ފުޅެއްގައި ނެދަލޭންޑްްސް ގައެވެ. އެމަނިކުފާނު އެނބުރި ވަޑައިގންނެވީ މއަދު އެވެ.

ބަންދުގައި ބަހައްޓަކައިގެން ކޯޓަށް ޢުމަރު ހާޒިރު ކޮށްދެއްވުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ނެރުއްވީ ޝަރީއަތުގެ ދެ އަޑުއެހުމަކަށް ޢުމަރު ވަޑައި ނުގެންންނެވުމުން، ތިންވަނަ އަޑުއެހުމަށް ވަޑައިނުގެންފިނަމަ ފިޔަޅު ޢުމަރާ މެދު އަޅުއްވާނެ ކަމުގެ އިންޒާރު އިންޒާރު ގާޒީ ޢަބްދުﷲ ދީދީ ދެއްވުމަށް ފަހުއެވެ.

ޢުމަރުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ އެމްޑީޕީގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ އެއްގައި ރާއްޖޭގެ އަމަން ކަމަށް ގެއްލުމެއް ލިބިދާނެ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައެވެ. މިދަޢުވާއަށް ޢުމަރުވަނީ އިންކާރުވެސް ކުރައްވާފައެވެ.

ކުރިން ޢުމަރު ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ޝަރީއަތުގެ ކުރިމައްޗަށް ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް