ކޮމިޓީތަކުން އެކަށީގެންވާ ވަރަށް ޖާގަ ނުދީފިނަމަ މަގުމައްޗަށް ނިކުންނާނަން: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން އެމްޑީޕީންބޭނުންވާ ކޮމެޓީތަކުން އެކަށީގެންވާ އަދަދަކަށް ޖާގަ ނުލިބިއްޖެނަމަ "ތޭވީސްޑިސެމްބަރު" ފަދަ އިއްތިހާދެއް އެމްޑީޕީން ވެސް ހަދައިގެން މަގުމައްޗަށް ނުކުންނާނެކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީ އޮފީހުގައި ބޭއްވިނިއުސް ކޮންފަރެންސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ،ތޭވިސް ޑިސެމްބަރު އިއްތިހާދަކީ މީހުންކޮޅު މަދު ބަލިކަށި އިއްތިހާދެއް ކަމަށެވެ.އެހެން ނަމަވެސް އެމްޑީޕީން މަގުމައްޗަށް ނުކުމެއްޖެނަމަ އެ އިއްތިހާދުން ކުރިމަސައްކަތަށްވުރެ ވަރުގަދަ މަސައްކަތްތަކެއް ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"ތޭވިސް އިއްތިހާދުގައި ތިބީމަދުމީހުންކޮޅެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ރައްރަށުން ވެސް ވިހި،ތިރީސްހާސް މީހުން ގެނެސް މުޒާހަރާ ކުރެވިދާނެ. އަޅުގަނޑުމެންގެ ޕާޓީއަކީ ބޮޑުޕާޓީއެއް. އަޅުގަނޑުމެން ނުކުމެ އެއަށްވުރެ ވަރުގަދަ ހަރުދަނާ ކަންތައްތަކެއް ކުރެވޭނެ."
ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހުގެތެރެއިން، ހުރަސްއަޅާނަމަ އެމްޑީޕީން މުޒާހަރާ ކުރާނެ ކަމަށްވިދާޅުވެ ޝަރީފްތަކުރާރުކޮށް އިންޒާރު ދެއްވިއެވެ. އޭނާ ވިދާޅުވީ ކޮމެޓީތަށް ބެހުމަށް ކުރިމަޝްވަރާގައި ހަ ކޮމެޓީއެއްގެ އަޣުލަބިއްޔަތު ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރިކަމަށެވެ. ކޮމިޓީތަކުގެ އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތްކުރީ ސަރުކާރު ޒިންމާދާރު ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުން ވަނީއެކަމަށް ދެކޮޅު ހަދާފައި ކަމަށް އޭނާ ވިދާޅުވިއެެވެ. އެހެންކަމުން އެކޮމެޓީތަކުގެ އަދަދު ތިނަކަށް މަދުކުރުމުން ވެސް ކޯލިޝަނުން ދެކޮޅު ހެދިކަމަށްއޭނާ ވިދާޅުވިއެވެ. އަދި މިހާރު އެމްޑީޕީން މަސައްކަތް ކުރަނީ ތިން ކޮމެޓީއެއްގައިއެ ޕާޓީގެ ހަތަރު މެމްބަރުން ބޭތިއްބުމަށެވެ. އެހެން ނަމަވެސް އެކަމަށް ވެސްކޯލިޝަނުން ދެ ކޮޅުހަދާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީން ހަތަރު ޖާގަ ހޯދުމަށް މަސައްކަތްކުރާކޮމެޓީތަކަކީ، ސަރުކަރު މާސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއާއި،މިނިވަން މުއަސްސާތަކާބެހޭ ކޮމެޓީއާއި، މާލިއްޔަތު ކޮމެޓީ އެވެ. އެ ކޮމެޓީތަކަކީސަރުކާރު ޒިންމާދާރު ކުރުމަށް މުހިންމު ކޮމެޓީތަކެއް ކަމަށް އެމްޑީޕީން ބުނެއެވެ.
"އަޅުގަނޑުމެން މި އެދެނީ އެންމެ ކުޑަމިނުންހަތަރު ޖާގަ އަޅުގަނޑުމެންނަށް ދެއްވާށޭ ސަރުކާރު ޒިންމާދާރު ކުރެވެންހުރި ކޮމެޓީތަކުން. އެހެން ނަމަވެސް އެ ބޭފުޅުން އެ ވިދާޅުވަނީ އެންމެ ޖާގައެއްވެސް ނުދެއްވާނަމޭ. އިންޑިއާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި މިއީތޯ ކަންތައް ކުރައްވާގޮތަކީ؟ ޑިމޮކްރަސީގެ ރިވެތި އުސޫލަކީ މިއީތޯ؟"
ސަރުކާރު ޒިންމާދާރު ކުރެވެން ހުރި ކޮމެޓީތަކުން އެމްޑީޕީގެބައިވެރިވުން އިތުރު ކުރަންޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެެ. މިހާރު އޮތްހަމައެކަނި އިދިކޮޅު ޕާޓީއަކީވެސްއެމްޑީޕީކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. މަޖިލީހުގައި އެމްޑީޕީއަށް ސަރުކާރު ޒިންމާދާރު ނުކުރެވިއްޖެނަމަ އެ ޕާޓީގެ ބޭނުމެއްނެތް ކަމަށް ޝަރީފު ވިދާޅުވިއެވެ.
"އެމްޑީޕީއަށް ސަރުކާރު ޒިންމާދާރު ނުކުރެވޭނަމަމި ޕާޓީގެ ބޭނުމަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް އެއަށްވުރެ ރަނގަޅުވާނެ މަގުމަތީގައި ތިބެންވެސް. މި ޕާޓީއަކީ މަގުމައްޗާ ބީރަށްޓެހި ޕާޓީއެއް ނޫން، މިހާރުއޮތް ހަމައެކަނި އިދިކޮޅު ޕާޓީއަކީ އެމްޑީޕީ. ޖުމްހޫރީޕާޓީން އެ ވިދާޅުވަނީ އެ ބޭފުޅުން ކޯލިޝަނުން ވަކިނުވާކަމަށް. ޕީޕީއެމުން އަމިއްލަށް އެގްރީމަންޓު އުވާލީކަމަށް." ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމެޓީތަކުން އެމްޑީޕީން ބޭނުންވާ މިންވަރަށްގޮނޑި ނުލިބިއްޖެނަމަ ދެން އޮތްގޮތަކީ މަގުމައްޗަށް ނުކުމެގެން ސަރުކާރު ޖަވާބުދާރީ ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެމްޑީޕީން މިވީތަނަށް ވެސްސަރުކާރު ކޯލިޝަނަށް ވަރަށް ބޮޑަށް ދޫދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން އެދިފައިވާ ކޮމެޓީ ތަކުންހަތަރު ޖާގަ ލިބިގެން ނޫނީ "އެމްޑީޕީއަށް އެ ކޮމެޓީތަކުގައި ބަހެއް ބުނެލާނެ ފުރުސަތެއް ވެސް ނުލިބޭނެ" ކަމަށް ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގައި ސަރުކާރު ކޯލިޝަނުގެ އަޣުލަބިއްޔަތު އޮތުމުން އެ ބޭފުޅުންނަށް ބޭނުންހާ ގޮތަކަށް ކަންތައް ނުކުރެވޭނެ ކަމަށް ވެސްޝަރީފް ވިދާޅުވި އެވެ. އެނާ ވިދާޅުވީ ކޮމެޓީތައް ބެހުމުގައި ވަރަށް ބޭއިންސާފުން ބައެއްކަން ހިނގާފައިވާ ކަމަށެވެ. އެގޮތުން އަދާލުތު ޕާޓީގައި އެންމެ މެމްބަރެއް އިންނަވަނިކޮށް ކޮމެޓީތަކުން ތިންޖާގަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންނެވި ހަމައެކަނި މެމްބަރަށް ދީފައިވަނީ އެންމެފުރުސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ޕީޕީއެމްގެ ޕާލިމެންޓަރީގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފައެވެ. އެހެންނަމަވެސް، މީގެކުރިން ޓީވީއެމަށް ދެއްވި އިންޓަވިއުއެއްގައިނިހާން ވިދާޅުވެފައިވަނީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެއަޣުލަބިއްޔަތު އެމްޑީޕީއަށް ލިބެންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު