ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ޔޫސުފް އައްޔަނުކުރައްވައިފި

މިނިސްޓަރއޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަޤާމަށް، ހައްދުންމަތީ ގަމު މަތިމަރަދޫއިޔާސް، ޔޫސުފް ޢަބްދުލްޣަފޫރު މިއަދު އައްޔަނުކުރައްވައިފި އެވެ.
ޔޫސުފްއެ މަގާމަށް އައްޔަނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ. ޔޫސުފް އައްޔަނުކުރެއްވުމާއެކު އެމިނިސްޓްރީގައި މިހާރު ހަތަރު ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ.
ޔޫސުފްވަނީ ނިމިދިޔަ 17 ވަނަ ރައްޔިތުން މަޖިލީހުގައި ގަމު ދާއިރާގެ މެމްބަރުކަންކުރައްވާފައެވެ. އެހެންނަމަވެސް އޭނާ ވަނީ 18 މަޖިލީހުގެ އިންތިހާބު ގައި ވެސް ޕީޕީއެމް ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައިއެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު