ކަނޑުމަތިން އިންޖީނު ހުއްޓުނު މަސްދޯޏެއް ސަލާމަތްކޮށްފި

ޅ އަތޮޅު ފެލިވަރާ ދިމާބޭރުން އިންޖީނު ހުއްޓުނު ނައިފަރުމަސްދޯންޏަކަށް ފިޝަރީޒް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރއަޙުމަދު ހާފިޒު ވިދާޅުވީ އެ މިނިސްޓްރީގެ ޓީމަކުން މިއަދު މެންދުރު އެހީތެރިކަންފޯރުކޮށްދީފައިވަނީ ނައިފަރު "ލޭ ނާރު" ކިޔާ މަސް ދޯންޏަކަށް ކަމަށެވެ. ހާލުގައިޖެހުނު ދޯނީގައި ތިބި ހަތް ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް ހާފިޒު ވިދާޅުވިއެވެ.

ދޯނީގެ އިންޖީނު ހުއްޓުނުވަގުތު ދޯނީދަތުރުކުރަމުން ދިޔައީ މަސްވެރިކަން ކުރުމަށްފަހު އެނބުރި ނައިފަރަށް ދިއުމަށެވެ. އެދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ފިޝަރީޒް މިނިސްޓްރީއަށްލިބިފައިވަނީ މިއަދު މެންދުރު 2:30 އެހައިކަންހާއިރު އެވެ.

ހާލުގައި ޖެހުނުއިރު ދޯނި އޮތީ ފެލިވަރާ ދެމޭލުބޭރުން ޅ. އަތޮޅު ބޭރުގައެވެ. މި ހަބަރު ލިބުމާއެކު މިނިސްޓްރީގެ ދޯންޏަކާއި،ނައިފަރު މަސް ދޯންޏެއްވަނީ ހާލުގައި ޖެހިފައި އޮތް ދޯންޏަށް އެހީތެރިކަންފޯރުކޮށްދީފައެވެ. މިހާރު އެ ދޯނިވަނީ ކަފުޖަހައިގެން ޅ. ފެލިވަރުގެ ފަޅުތެރެއަށްވައްދާފަ އެވެ.

"އަޅުގަނޑުމެން ގާތު އެދުނީ ޅ. އަތޮޅު އެތެރެއަށްވައްދައިދިނުމަށް. އެދުމުން އަޅުގަނޑުމެން ކަފުޖަހައިގެން ވައްދައި ދިނީ. އޭރުނައިފަރު އެހެން ދޯންޏެއް ވެސް އޮތް އަތޮޅުތެރޭގައި ދޯނި ބަލައި އައިސް. އެ ދޯންޏާހަވާލުކޮށްފަައި އަޅުގަނޑުމެން މިއައީ. ފެލިވަރާއި ގާތްކޮށްފިކަމަށް ދެންމެމައުލޫމާތު ލިބުނު،" ޅ. އަތޮޅުން ދަތުރު ކުރަމުންދިޔަ ފިޝަރީޒް މިނިސްޓްރީގެ ދޯންޏަކުންމައުލޫމާތު ދިން އަޒުހީމް ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement