ޕޯސްޓަލްވޯޓު ބޭނުން ކުރުމަށް އެމްޑީޕީން ނިންމައިފި

image

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ޕޯސްޓަލްވޯޓު ބޭނުންކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.

ޕޯސްޓަލް ވޯޓަކީ ވޯޓުލާ މަރުކަޒަށް ވޯޓު ލާންނުގޮސް ފޯސްޓުގެ ޒަރިއްޔާއިން ދޭ ވޯޓެކެވެ. އެމްޑީޕީގެ ޕޯސްޓަލް ވޯޓުގައިބައިވެރިވެނީ މީހުން ދިރިނޫޅޭ ރަށްރަށުގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުންނަށެވެ.

ޕޯސްޓަލް ވޯޓުގައި ބައިވެރިވުމަށް ޖޫން 15 އިން ޖުލައި 15 އަށް އެ ވޯޓުގައިބައިވެރިވުމަށް އެދި ހުށަހަޅާ މެމްބަރުންނަށެވެ. އެޕްލިކޭޝަން އެމްޑީޕީ މާލޭއޮފީހުން ބަލައިގަންނާނެ އެވެ. އަދި އީމެއިލާއި، ވައިބަރ ގެ ޒަރިއްޔާއިން ވެސްބަލައިގަތުމަށް ވަނީ ހަމަޖައްސާފަ އެވެ. އީމެއިލް ކުރައްވާނަމަ elections@mdp.org.mvއަށް ޕީޑީއެފް ފޯމެޓުގައި އިމެއިލް ކުރެއްވުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ. އަދި ވައިބަރ އިން 9776864 ނަންބަރަށް އެޕްލިކޭޝަން ފޯމު ވައިބަރ ކުރެވޭނެ ކަމަށްއެ ޕާޓީން ބުނެ އެވެ.

ޕޯސްޓަލް ވޯޓު ކަރުދާހުގައި އެމީހަކު އަމިއްލަށްސިއްރުން ފާހަގަ ޖެހުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ. އެމީހެއްގެ ކަރުދާހުގައިއެހެން މީހަކު ފާހަގަޖެހުމުގެ ފުރުސަތު ނުދިނުމަށް ވެސް އެ ޕާޓީން އެދެ އެވެ.

މިއީ ޕޯސްޓަލް ވޯޓުގެ ޒަރިއްޔާއިން ރާއްޖޭގައިވޯޓުލާ ފުރުތަމަ ފަހަރެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް އެންމެއަވަހަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓު 29 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް